މިހާރު ފްރާންސްގައި ކުރިއަށްދާ މޮންޓެ ކަރލޯ މާސްޓަރސް ޓެނިސް މުބާރާތުން އެންޑީ މަރީ ކަޓައިފިއެވެ. މަހެއްހާ ދުވަހު އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުރުމަށްފަހު ކުޅެންފެށި ދުނިޔޭގެ ރޭންކިންގެ އެންމެ ކުރީގައި ހުރި މަރީ ކެޓީ އެނބުރި އައުމަށްފަހު ކުޅުނު ދެވަނަ މެޗުން ބަލިވެގެންނެވެ.
އަނިޔާއަށްފަހު ކުޅުނު ފުރަތަމަ މެޗު މަރީ ކާމިޔާބުކުރި އިރު، އެމެޗަށްފަހުވެސް މަރީ ވަނި އޭނާގެ ކޮނޑު ހުޅަށް ލިބުނު އަނިޔާގެ އަސަރު އަދިވެސް ކުރާ ކަމަށް ބުނެފައެވެ.
މޮންޓެ ކާލޯ މާސްޓަރސްގައި މަރީ ކަޓުވާލީ ސްޕެއިންގެ އަލްބާޓް ރާމޯސްއެވެ.
މިމެޗު ރާމޯސް ކާމިޔާބުކުރީ 2-6، 6-2، 7-5 ންނެވެ.
ދުނިޔޭގެ އެއްވަނަ މަރީ މުބާރާތުން ކެޓިއިރު، ދުނިޔޭގެ ދެވަނަ ނޮވެކް ޖޮކޮވިޗް އާއި ހަތް ވަނަ ރަފައެލް ނަދާލް ވަނީ މުބާރާތުގެ ކުއާޓަރ ފައިނަލުން ޖާގަ ހޯދާފައެވެ.
އެންމެ ފަހުގެ ޗެމްޕިއަން ނަދާލް މުބާރާތުގެ ކުއާޓަރ ފައިނަލުން ޖާގަ ހޯދީ ފަސޭހަ ކަމާއެކު ޒްވެރެވް ބަލިކޮށްގެންނެވެ. އިއްޔެ އުމުރުން ވިހި އަހަރު ފުރުނު ޒްވެރެވްގެ މައްޗަށް ނަދާލް ކުރި ހޯދީ 6-1، 6-1 ންނެވެ.
ޖޮކޮވިޗް މުބާރާތުގެ ކުއާޓަރއަށް ދަތުރުކުރީ ސްޕެއިންގެ ޕަބްލޯ ބަސްތާ 6-2، 4-6، 6-4 ން ބަލިކޮށްގެންނެވެ.
ދުނިޔޭގެ ތިން ވަނަ ސްޓޭން ވަވްރިންކާވެސް ވަނީ މުބާރާތުގެ ކުއާޓަރ ފައިނަލުން ޖާގައެއް ނުލިބި ކަޓާފައެވެ.