ޚަބަރު

ވޯޓުލުން ކުރިއަށްގެންދާ ވަގުތު އިތުރު ކުރައްވައިފި


މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލް އިންތިޚާބުގެ ވޯޓުލުން ކުރިއަށްގެންދާ ވަގުތު އިތުރު ކުރެއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމަވައިފިއެވެ. 

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ ހުރިހާ ވޯޓު ފޮށިތައް ބަންދުކުރާ ވަގުތަކީ މިރޭ 6:00 ޖަހާއިރު ކަމަށް ކަނޑައަޅުއްވާފައިވާކަމަށެވެ. އަދި ވޯޓުލުން ލަހުން ފެށުމާއި ގުޅިގެން ވަގުތު އިތުރުކޮށްފައިވާ ފޮށިތައްވެސް 6 ޖެހުމާއިހަމައަށް ބަންދުކުރެއްވުމަށް ނިންމަވާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ. 

ލޯކަލް ކައުންސިލުތަކުގެ އިންތިޚާބުގެ ވޯޓުލުން މިއަދު ހެނދުނު 8:00 ޖެހިއިރު ފެށުނު ނަމަވެސް ބައެއް ފޮށިތަކުގެ ވޯޓުލުން އެކި ސަބަބުތަކާހުރެ ލަހުން ފެށިފައިވެއެވެ.