އަޔާދީ ތަކާފުލްއިން ހައްޖު އަދި އުމްރާ ތަކާފުލްގެ އޮންލައިން ހިދުމަތް ތައާރަފޮކޮށްފިއެވެ. މިއީ އެލައިޑް އިންޝުއަރަންސް ކުންފުނީގެ އިސްލާމިކް ވިންޑޯ "އަޔާދީ ތަކާފުލް" އިން މުޅިން އަލަށް ތައާރަފްކުރި ހިދުމަތެކެވެ.
އަޔާދީ ތަކާފުލްގެ ހައްޖު އަދި އުމްރާ ތަކާފުލްއަކީ އެއްލައްކަ ރުފިޔާއާއި ހަމައަށް ބަދަލު ލިބިގެންދާ، ހައްޖު އަދި އުމްރާވެރިންނަށް ހާއްސަކޮށްގެން، އިސްލާމީ ޝަރީއަތުގެ އަސާސްތަކާއި އެއްގޮތްވާ ގޮތުގެ މަތިން ފަރުމާކޮށްފައިވާ ހިދުމަތެކެވެ. މި ހިދުމަތުގެ ތެރެއިން ބައިވެރިންނަށް ހައްޖު އަދި އުމްރާގެ ދަތުރުމަތީގައި ކުރިމަތިވާ ބަލިމަޑުކަމުންނާއި، އެކްސިޑެންޓެއްގެ ސަބަބުން ލިބޭ ގެއްލުމަށް ސިއްޙީ ފަރުވާ ކުރުމަށް ހިނގާ ހަރަދަށް ފައިސާ ލިބޭނެއެވެ. އަދި ޕާސްޕޯޓް ގެއްލިގެން ލިބޭ ގެއްލުމާއި، ފައިސާއާއި އަގުހުރި ތަކެތި ގެއްލިގެން ލިބޭ ގެއްލުމަށްވެސް ބަދަލު ލިބޭނެއެވެ. މީގެ އިތުރުން ފޮށި ފަދަ ތަކެތި ގެއްލުމުގެ އިތުރުން ދިމާވާ އެކްސިޑެންޓެއްގެ ސަބަބުން ޤާނޫނީ ގޮތުން އެހެން އެހެން ފަރާތަކަށް މާލީ ބަދަލުދޭން ޖެހިއްޖެނަމަ އެކަމަށް ހިނގާ ހަރަދަށްވެސް މި ހިދުމަތުގެ ސަބަބުން ބަދަލު ލިބިގެންދާނެކަމަށް އެލައިޑުން މައުލޫމާތުދެއެވެ.
އަޔާދީ ތަކާފުލްގެ ހައްޖު އަދި އުމްރާ ތަކާފުލްގެ އޮންލައިން ހިދުމަތާއި ގުޅޭގޮތުން ވާހަކަދައްކަވަމުން އަޔާދީ ތަކާފުލްގެ ޖެނެރަލް މެނޭޖަރ އިބްރާހިމް ފިރުޝާން ވިދާޅުވީ، މިއީ ކަސްޓަމަރުންގެ ވަގުތު ސަލާމަތްކޮށްދިނުމުގެ މަގުސަދުގައި ތައާރަފް ކުރެވުނު ހިދުމަތެއްކަމަށެވެ. އަދި ކަސްޓަމަރަކު ބޭނުން ކޮންމެ ވަގުތަކު ކޮންމެ ތަނެއްގައި ހުރެގެންވެސް އަޔާދީ ވެބްސައިޓް މެދުވެރިކޮށް ހިދުމަތް ހޯދެނެކަމަށްވެސް ފިރުޝާން ވިދާޅުވިއެވެ.
އަޔާދީ ތަކާފުލްގެ ހައްޖު އަދި އުމްރާ ތަކާފުލްގެ އުމްރާ ތަކާފުލްއެއް 750 ރުފިޔާއަށް ލިބޭއިރު އުމްރާ ތަކާފުލްގެ އަގެއްގެ ގޮތުގައި އަޔާދީ ތަކާފުލްއިން ކަނޑައަޅުއްވާފައިވަނީ 1000 ރުފިޔާއެވެ. އޮންލައިންކޮށް މި ހިދުމަތް ތައާރަފް ކުރުމުގެ ސަބަބުން ހައްޖު އަދި އުމްރާ ދަތުރުގެ އެހެނިހެން ތައްޔާރީތަކަށް އިތުރު ވަގުތު ލިބިގެންދާނެކަމަށް އަޔާދީ ތަކާފުލްއިން ބުނެއެވެ. ހައްޖު އަދި އުމްރާ ތަކާފުލްއަކީ ރަހުމަތްތެރިއަކަށް އަދި އާއިލާގެ ބޭފުޅަކަށްވެސް ދިނުމަށް ވަރަށް ރަނގަޅު ހަދިޔާއެއްކަމަށް އަޔާދީ ތަކާފުލްއިން މައުލޫމާތުދެއެވެ.
އުރީދޫ އަދި ބީއެމްއެލްގެ އިތުރުން މޯލްޑިވްސް އިސްލާމިކް ބޭންކުގެ ފައިސާ ޕޭ މެދުވެރިކޮށްވެސް މިހާރު ހައްޖު އަދި އުމްރާ ތަކާފުލްއަށް ފައިސާ ދެއްކޭނެކަމަށް އެލައިޑުން ހާމަކުރެއެވެ.