ތަޢުލީމު

ޅައިމަގު ސްކޫލުގައި އައު ޢިމާރާތެއް އަޅަނީ


ށ. ޅައިމަގު ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ޙައްލުކުރުމަށް އެ ސްކޫލުގައި 4 ކްލާސް ރޫމްގެ އާ އިމާރާތެއް އެޅުމަށް ޓްރައިކޯ އިންވެސްޓްމަންޓާއެކު އެޑިޔުކޭޝަން މިނިސްޓްރީން އެއްބަސްވުމެއްގައި ސޮއިކުރައްވައިފިއެވެ.

އެޑިޔުކޭޝަން މިނިސްޓްރީގައި ބޭއްވެވި ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި އެޑިޔުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސީނިއަރ ޕޮލިސީ އެގްޒެކްޓިވް، އިބްރާހީމް އިސްމާޢީލް ޢަލީއެވެ. ޓްރައިކޯ އިންވެސްޓްމަންޓްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ އާދަމް ސަޢީދުއެވެ.

މި ރަސްމިއްޔާތުގައި އިބްރާހިމް އިސްމާޢީލް ވިދާޅުވީ މިއަހަރުގެ އޮކްޓޯބަރުމަހު އިމާރާތުގެ މަސައްކަތް މުޅިން ނިންމައި އަންނަ އަހަރުގެ އަހަރުގެ ފުރަތަމަ ޓާމް ގެ ކިޔެވުން ފެށޭއިރު އިމާރާތުގެ ބޭނުންކުރަން ފެށޭނެ ކަމަށެވެ. ޅައިމަގު ސްކޫލްގެ އާ އިމާރާތް އެޅުމަށް ޓްރައިކޯ އިންވެސްޓްމަންޓާ ޙަވާލުކުރައްވާފައި ވަނީ 2.4 މިލިޔަން ރުފިޔާއަށް ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

ޅައިމަގު ސްކޫލަށްގައި އަލަށް އިމާރާތްކުރާ ހަތަރު ކުލާސްރޫމްގެ މަސައްކަތް 110 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފައެވެ. ސްކޫލްތަކަށް ދިމާވެފައިވާ ޖަގައިގެ ދަތިކަން ހައްލުކޮށްދެއްވުމަށް ޕީ.އެސް.އައި.ޕީގެ ތެރެއިން ޖުމްލަ 53 މަޝްރޫއުގެ މަސައްކަތް މިހާރު ވެސް ކުރިޔަށްދާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.