އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަނުގައި ދިން ޙަމަލާއާ ގުޅުން ހުރި ކަންކަން ވަރަށް ގާތުން ބަލަމުންދާ ކަމަށާ މިހާތަނަށް އެއްވެސް ދިވެއްސަކަށް ގެއްލުމެއް ލިބުނުކަމުގެ މަޢުލޫމާތެއް ލިބިފައިނުވާ ކަމަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ވިދާޅުވެއްޖެއެވެ.
ފޮރިން މިނިސްޓްރީން ވިދާޅުވީ މިފަދަ ޓެރަރިސްޓް ޙަމަލާތަކާ ދިވެހިރާއްޖެއިން އަބަދުވެސް ދެކޮޅު ހަދާނެ ކަމަށާ ކުށެއް ނެތް ޢާންމުންނާ ދެކޮޅަށް ޙަމަލާ ދިނުމަކީ ދިވެހިރާއްޖެއިން ޤަބޫލު ކުރާނެ ކަމެއް ނޫން ކަމަށެވެ. މީގެ އިތުރުން، ޙަމަލާ ދީފައިވާ ސަރަޙައްދުތައް ކަމަށްވާ ލަންޑަން ބްރިޖްއާ ބޮރޯ މާކެޓް ހުންނަ ސަރަޙައްދަށް ކޮންމެހެން ދާން ޖެހިގެން ނޫނީ ނުދިއުމަށް ލަންޑަނުގައި ދިރިއުޅޭ ދިވެހިންނަށް ފޮރިން މިނިސްޓްރީން ވަނީ އިލްތިމާސް ކުރައްވާފައެވެ.
ދިވެހި ރައްޔިތަކަށް އެއްވެސް ގެއްލުމެއް ލިބިއްޖެނަމަ ލަންޑަނުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއާ ގުޅުމަށް ފޮރިން މިނިސްޓްރީން އެދިވަޑައިގަންނަވައެވެ.