ކުޅިވަރު

ކޮންފެޑެރޭޝަން ކަޕްގައި ޖަރުމަނު ފެށުން ރަނގަޅުކޮށްފި


ފީފާ ކޮންފެޑެރޭޝަން ކަޕްގައި ދުނިޔޭގެ ޗެމްޕިއަން ޖަރުމަނުވެސް މޮޅުކުން މުބާރާތް ފަށައިފިއެވެ. 

އޭޝިއާގެ ޗެމްޕިއަން އޮސްޓްރޭލިޔާ އާއި ވާދަކުރި މެޗު ޖަރުމަނު ކާމިޔާބުކުރީ ތިންލަނޑު ދެލަނޑުންނެވެ. ޒުވާން ސްކޮޑަކާއެކު މުބާރާތާ ކުރިމަތިލި ޖަރުމަނު ޓީމަށް ކޯޗް ލޯ ވަނީ ގިނަ ބަދަލުތަކެއް ގެންސްފައެވެ. މެޗުގެ ވަރަށް ކުރީކޮޅު ޖަރުމަނުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނި ސްޓިންޑީއެވެ. މެޗުގެ 41 ވަނަ މިނިޓްގައި އޮސްޓްރޭލިއާގެ ޓޮމް ރޮޖިކް ނަތީޖާ ހަމަހަމަކޮށްދިންއިރު ފުރަތަމަ ހާފް ނިމުމުގެ ކުރިން ޖަރުމަނަށް ލީޑު ހޯދަދިނީ ލިބުނު ޕެނަލްޓީއަކުން ޓީމްގެ ކެޕްޓަން ޑްރެކްސްލާއެވެ. ދެވަނަ ޙާފްގެ ވަރަށް ކުރީކޮޅު ލިއޯން ގޮރެކްސްލާ ޖަރުމަނުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިންއިރު އޮސްޓްރޭލިއާއަށް ފަރަޤު ކުޑަކޮށްދިނީ ޖުރިޗްއެވެ.

ކޮންފެޑެރޭޝަން ކަޕްގައި ގްރޫޕްގެ ދެވަނަ މެޗުގައި ޖަރމަނި ވާދަކުރާނީ ޗިލީއާއެވެ. އޮސްޓްރޭލިއާ ވާދަކުރާނި ކެމަރޫނާއެވެ.