ކުޅިވަރު

ވީޑިއޯ ޓެކްނޮލޮޖީއަކީ ފުޓްބޯޅައިގެ މުސްތަޤްބަލް - ފީފާ


ވީޑިއޯ ޓެކްނޮލޮޖީއިން ފުޓްބޯޅައިގެ މުސްތަޤްބަލްފެނިގެންދާ ކަމަށް ފީފާގެ ރައީސް ޖިއާނޯ އިންފަންތީނޯ ވިދާޅުވެއްޖެއެވެ. 

ރަޝިއާގައި މިހާރު ކުރިއަށްދާ ފީފާ ކޮންފެޑެރޭޝަންކަޕްގައި ފީފާއިން އަންނަނީ ވީޑިއޯއެސިސްޓެންޓް ރެފްރީއިން ބޭނުން ކުރަމުންނެވެ. ފީފާގެ ރައީސް އިންފަންތީނޯ ވިދާޅުވީ ފުޓްބޯޅައަށް ބޮޑެތި ބަދަލުތަކެއް ކުރިމަގުގައި އަންނާނެ ކަމަށާއި މިއީ ފެށުމެއްކަމަށެވެ. މިހާތަނަށް ކޮންފެޑެރޭޝަން ކަޕްގައި މިއަހަރު ކުޅުނު ހުރިހާ މެޗެއްގައިރެފްރީވަނީ ވީޑިއޯ އެސިސްޓެންޓް ރެފްރީގެ ބޭނުން ހިފާފައެވެ. ގިނައިން ރެފްރީ ވީޑިއޯޓެކްނޮލޮޖީ ނުވަތަ ވީޑިއޯ ރީޕްލޭ ބަލަނީ ގޯލެއް ޖަހައިފިނަމަ އޮފްސައިޑްތޯ ނުވަތަނޫންތޯ ބެލުމަށެވެ.

 ކުރިއަށްއޮތް ވަރލްޑްކަޕްގައިވެސް ވީޑިއޯ ޓެކްނޮލޮޖީ ބޭނުންކުރުމަށް ފީފާއިން ވަނީ ނިންމާފައެވެ. ވީޑިއޯ ޓެކްނޮލޮޖީއާއެކު ފުޓްބޯޅައިގެ ފޯރިކެނޑޭކަމަށް ގިނަ ބަޔަކު ބުނެއެވެ.

 ރީޕްލޭ ބެލުމަށް ހޭދަވާ ވަގުތަކީ ނުވަތަ ގޯލެއްޖެހުމަށްފަހު އެއީގޯލެއްކަން ރެފްރީ ނިންމަންދެން ހޭދަވާ ވަގުތަކީ ފުޓްބޯޅައިގެ އަސްލު ކޮލިޓީ އާއި ފޯރި ގެއްލޭ ކަމެއް ކަމަށްވެސް ގިނަ ފަރާތްތަކަކުން ޤަބޫލްކުރެއެވެ.