ޚަބަރު

އިންޑިއާގެ ލާމަރުކަޒީ ނިޒާމާބެހޭ މަޢުލޫމާތު ދީފި


ރާއްޖޭގެ ސިވިލް ސާރވިސް ޓްރެއިނިންގ އިންސްޓިޓިއުޓާއި އިންޑިއަން އެމްބަސީ ގުޅިގެން މައުލޫމާތު ބަދަލުކުރުމުގެ ޚާއްޞަ ސެޝަނެއް ބާއްވައިފިއެވެ.

މައުލޫމާތު ބަދަލުކުރުމުގެ މި ބައްދަލުވުމުގައި ރާއްޖޭގެ ސިވިލް ސާރވެންޓުންނަށް މަޢުލޫމާތުދެއްވީ މިހާރު ރާއްޖެ ވަޑައިގަތް އުޅުއްވާ އިންޑިއާގެ ޕާރސަނަލް އެންޑް އެޑްމިނިސްޓްރޭޓީވް ރީފޯމްސްގެ ޕްރިންސިޕަލް ސެކްރެޓެރީ ސަތްޔަޖީތް ރަޖަންއެވެ. މި ބައްދަލުވުމުގައި ސަތްޔަޖީތް ވަނީ އިންޑިއާގައި ލާމަރުކާޒީ އުސޫލުން ކަންކަން ހިނގާގޮތާއި ބެހޭގޮތުން ބައިވެރިންނާ މަޢުލޫމާތު ހިއްސާކޮށްފައެވެ. މީގެ އިތުރުން އެކި ދާއިރާތަކުން ސިވިލް ސާރވިސް މުވައްޒަފުން ތަމްރީނުކުރުމަށް ޚާއްޞަ ސެޝަންތައް ކުރިއަށް އޮތްތަނުގައި ކުރިއަށް ގެންދާނެކަން އެނާ ފާހަގަކުރިއެވެ.

ސިވިލް ސަރވިލް ކޮމިޝަންގެ ޓްރެއިންގ ކޯޑިނޭޓާރ އައިޝަތު ޝަރީފް ވިދާޅުވީ ކުރިއަން އޮތްތަނުގައި މިފަދަ އިތުރު ސެޝަންތައް ކުރިއަށް ގެންދިއުމަށް މަސައްކަތްކުރަމުން ދާކަމަށެވެ.

އެއް ދުވަހުގެ މި ބައްދަލުވުމުގައި އެކި މުއައްސަސާތަކުގައި މަސައްކަތްކުރާ ސިވިލް ސާރވިސްގެ މުވައްޒަފުންގެ އިތުރުން އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަކީލޭޝް މިޝްރާ ބައިވެރިވަޑައިގެންނެވިއެވެ.