ޚަބަރު

ރޮހިންޔާ ފަންޑު ފޮށިތަކަށް ލިބުނު ފައިސާ ގުނަން ފަށައިފި


ރޮހިންޔާ މުސްލިމުންނަށް އެހީތެރިވުމަށްޓަކައި ހުޅުވިފަންޑު ފޮށިތަކަށް ލިބުނު ފައިސާ ގުނަން ފަށައިފިއެވެ. 

ރޮހިންޔާ މުސްލިމުންނަށް އެހީވުމަށް ކުރިއަށްގެންދާ ހަރަކާތްތައް ވިލަރެސްކުރާ ކޮމެޓީން ބުނީ ފަނޑު ފޮށިތައް އަދިވެސް އެކިސަރަހައްދުތަކުގައި ބަހައްޓާނެކަމަށާއި އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުސަތު ހުޅުވިފައިވާކަމަށެވެ. ރޮހިންޔާގެ މުސްލިމުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ފައިސާގެ އެހީ ފޯރުކޮށްދިނުމަށް އިސްލާމިކް ބޭންކްއާއި ބޭންކް އޮފް މޯލްޑިވްސް ގައި ޑޮލަރު އެކްއުންޓް އަދި ދިވެހި ފައިސާގެ އެކައުންޓުތަކެއް މިހާރުވަނީ ހުޅުވާފައެވެ. މީގެ އިތުރުން ދިރާގް އާއި އުރީދޫ މޯބައިލް ފޯން މެދުވެރިކޮށްވެސް ފާއިސާގެ އެހީ ފޯރުކޮށް ދެވޭނެގޮތް ހަމަޖެހިފައިވާނެކަން ޑިފެންސް މިނިސްޓާރ ފާހަގަކުރެއްވިއެވެ.

ކްލަބް ޖަމިއްޔާތަކުންނާއި، އަދި ހާޢްސަކޮށް ސަރުކާރުގެ ކުންފުނިތަކުންވެސް އިސްނަގައިގެން ވަކި ވަރަކަށް ފަންޑްތައް ރެއިޒް ކޮށް ބައެއް ކުންފުނިތަކުން މުވައްޒަފުންގެ މަސާރައިގެ ވަކި ޕަސެންޓެއްވެސް ހަދިޔާގެ ގޮތުގައި ފަންޑައް  ދެއްވައިފައިވެއެވެ. ފަންޑް ރެއިޒް ކުރުމުގެ ހަރަކާތްތައް ކުރިއަށް ގެންދާއިރު ކޮމިޓީއާއި ގުޅިވަޑައިގެން އެ ކޮމިޓީއިން ހަމަޖައްސަވާ އުސޫލެއްގެ މަތިން ފަންޑް ރެއިޒް ކުރުމަކީ މުހިންމު ކަމެއް ކަމަށާއި، ނިޒާމެއްގެ ތެރެއިން ޖަމާކުރެވޭ ފައިސާ އެންމެ ސައްހަ ކަމާއެކު ރޮހިންޔާގެ މުސަލިމުންނަށް ފޯރުކޮށްދޭނެކަމަށެވެ.

ރޮހިންޔާ މުސްލިމުންނަށް އެހީވުމަށް ކުރިއަށް ގެންދާ ހަރަކާތްތަކުގައި ތަފާތު ކުންފުނިތަކާއި މުއައްސަސާތަކާއި އާއްމުން ދަނީ ބައިވެރިވަމުންނެވެ. އެގޮތުން މީރާގެ މުވައްޒަފުންވެސް މިހަރަކާތުގައި ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. ޕީ.އެސް.އަމްއަށް ދެއްވި ހާއްސަ އިންޓަވިއު އެއްގައި ވާހަކަ ދައްކަވަމުން ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދް ވިދާޅުވީ މީރާގެ ހުރިހާ މުވައްޒަފުންގެ އެއް ދުވަހުގެ މުސާރަ ފަންޑަށް ހަދިޔާ ކުރަން ނިނަމާފައިވާކަމަށެވެ.   މީގެ އިތުރަށްވެސް ވިޔާފާރިތަކުން ޗެރިޓީގެ ގޮތުގައި ހަދިޔާކުރާ ލާރިއަކީ ޓެކްސް އިން ކެނޑޭނެ ގޮތަށް ހަމަޖައްސާފައިވާ ލާރިކަމަށާއި، އެސް އެމް އެސްއެވެ. އަދި ފޯން ކޯލް އިން ޓެކްސްގެ ލާރި ނުނަގާ ފޯން ކޯލް އިން ދެވޭ ލާރިއާއި އެއްވަރަށް ފަންޑަށް ޖަމާވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ފަންޑު ފޮށިތައް މާލޭއާއި އަތޮޅު ތެރޭގައި ބަހައްޓާފައިވާއިރު، ރޮހިންޔާ މުސްލިމުންނަށް އެހީތެރިވުމަށް ބާއްވާ ޓެލެތޯލް އޮންނާނީ މި މަހުގެ 21 ހުން 23 އަށެވެ. ޓެލެތޯންގައި ރާއްޖޭގެ މީޑިޔާގެ ހުރިހާ ފަރާތްތަކުން ބައިވެރިވުމަށްވަނީ ހަމަޖެހިފައެވެ.