ކުޅިވަރު

ތާރީޚީ މެޗުން މޮޅުވުމުން ވެންގާ ހިތްހަމަޖެހިފައި


އާސެނަލްގެ ކޯޗުކަމާއި އާސެން ވެންގާ ހަވާލުވިތާ 21 އަހަރު ފުރުނު ދުވަހު ބްރައިޓަން ބަލިކޮށް އާސެނަލް ހަމަޖެހިލައިފިއެވެ.

މެޗުގައި އާސެނަލް އަށް ގޯލު ޖަހައިދިނީ ނަޗޯ މޮންރެއާލް އާއި އެލެކްސް އިވޯބީއެވެ.

މި މޮޅާއެކު އާސެނަލް އޮތީ ލަންޑަނަށް ނިސްބަތްވާ ޓޮޓެންހަމާ އެއް ޕޮއިންޓް ފަހަތުން 13 ޕޮއިންޓާއެކު ޓޭބަލުގެ ފަސް ވަނާގައިއެވެ. 

މެޗަށް ފަހު އާސެނަލްގެ ކޯޗު އާސެން ވެންގާ ބުނީ ފާއިތިވެދިޔަ 21 އަހަރު ތެރޭގައި ފުޓްބޯޅަ އަށް ވަރަށް ބޮޑެތި ބަދަލުތަކެއް އަތުވެއްޖެކަމަށާއި މިހާރުގެ ފުޓްބޯޅައިގައި ކިރިޔާވެސް ފަހަތަށް ބަލަން ފަށައިފިނަމަ އެބަޔަކު ފޭލްވާނެ ކަމަށެވެ. ޒަމާނީ ފުޓްބޯޅައިގައި އަބަދުވެސް ބަލަންޖެހެނީ ދެން ކުރިއަށް އޮންނަ މެޗަށް ކަމަށާއި އާސެނަލްގެ އަމާޒަކީ އެއީ ކަމަށެވެ.

ވެންގާ ބުނީ ގިނަ ފުރުސަތުތަކެއް ލިބި ގޯލުޖަހާތީ އޭނާ އުފާވާ ކަމަށާއި ލިވަޕޫލް އަތުން ތަފާތު ބޮޑުކޮށް ބަލިވި ފަހުން ޓީމަށް ވަރަށް ބޮޑު ކުރިއެރުންތަކެއް ލިބިއްޖެކަމަށެވެ. އެކަން ފެންނަން އޮތީ ޓޭބަލުގައި އާސެނަލް އޮތް ހިސާބުންކަމަށް ވެސް ވެންގާވަނީ ބުނެފައެވެ. އޭނާ އިޝާރާތް ކުރީ ލިވަޕޫލަށްވުރެ ކުރީގައި އާސެނަލް އޮތް އޮތުމަށެވެ.