ނުވަ މީހެއްގެ ފައިގައި ޓެގް އެޅުވުމަށް މޮނިކޮން އަމުރު ނެރެދިނުމަށް ފުލުހުން ހައިކޯޓްގައި އެދިއްޖެއެވެ.
ފުލުހުން ބުނީ އެ ނުވަ މީހުންގެ މައްޗަށް އަމުރު ނެރެދިނުމަށް އެދިފައިވަނީ އިއްޔެގެ ވަގުތެއްގައިކަމަށް. އެހެންނަމަވެސް އެ މީހުންނާ ބޭހޭ ތަފްސީލެއް ފުލުހުން އާއްމުކޮށްފައެއް ނުވެއެވެ.
މޮނިކޮން އަމުރަކީ ބޮޑެތި ކުށްކުރާ ކަމަށް ތުހުމަތުކުރޭވޭ މީހުން އުޅޭ ނުޅޭގޮތް ބެލުމަށް ހޯމް މިނިސްޓްރީން އެދުމުން ހައިކޯޓުން ނެރެދޭ އަމުރެކެވެ.
މި އަމުރާއެކު އެމީހުންގެ ފައިގައި ޓެގް އަޅުވައި، އެމީހުން އުޅޭ ނޫޅޭގޮތް ފުލުހުން ބަލަމުންދާނެ. ކޯޓުން ނެރޭ އަމުރުގައި އެމީހަކަށް އުޅޭވެނެ ތަންތަނާއި ބޭރަށް ނުކުމެވޭނެ ވަގުތުތައް ކަނޑައަޅައެވެ. އަދި މި އަމުރާ އެމީހަކު ޚިލާފްވެއްޖެނަމަ ޖަލު ހުކުމެއް އިއްވުމުގެ ބާރު ޓެރަރިޒަމް ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނުން ކޯޓަށް ދީފައިވެއެވެ.
މޮނިކޮން އަމުރު ނެރުމަށް ފުލުހުން އެދިފައިމިވަނީ ފަހަކަށް އައިސް މާލެ ތެރޭގައި މަރާމާރީ އިތުރުވުމާއި، ބައެއް މާރާމާރީތަކުގައި ޒުވާނުންގެ ފުނާރަ ގެއްލިފައިވާތީއެވެ.