މި ސީޒަނަށް ފަހު ދަނޑުމަތިން އޭނާ ފެނުމުގެ ފުރުސަތު އޮތީ ޔުވެންޓަސް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފިނަމަ އެކަނި ކަމަށް އިޓަލީގެ ގައުމީ ކީޕަރު ޖިއާން ލުއިޖީ ބުފަން ބުނެފިއެވެ.
އުމުރުން މިހާރު 39 އަހަރުގެ ކީޕަރު މިހެން ބުނީ ދުނިޔޭގެ އެންމެ މޮޅު ގޯލްކީޕަރުގެ މަގާމް އޭނާ އަށް އިއްޔެ ރޭ ލިބުމުންނެވެ.
ބުފަން ބުނީ ޗެމްޕިއަންސް ލީގު ފައިނަލުގައި ތިން ފަހަރު ކުޅެ ނާކާމިޔާބުވުމުން އެތަށި ހޯދުމަކީ އޭނާގެ ހުވަފެނެއް ކަމަށެވެ. ނަމަވެސް މިވަގުތު ނިންމައިގެން ހުރީ ރަޝިޔާގައި އަންނަ އަހަރު ބާއްވާ ވޯލްޑް ކަޕަށް ފަހު އަންގި ބާލަން ކަމަށެވެ.
ބުފަން ބުނީ ޗެމްޕިއަންސް ލީގު ލިބިއްޖެނަމަ ކުޅުން ކުރިއަށް ގެންދަން ބޭނުންވަނީ ކުލަބު ވޯލްޑް ކަޕުގެ ތަށ އުފުލާލުލުމުގެ ބޭނުމުގައި ކަމަށެވެ. އެއީ މިހާތަނަށް ނުލިބޭ ކާމިޔާބީއަކަށްވާތީވެ އެތަށި އުފުލާލުމަކީ އެނާ ދެކޭ ހުވަފެނެކެވެ.
ބުފަން ބުނީ އޭނާ ބޭނުންވާ ގޮތަށް ކަންތައްތައް މެދުވެރިވެއްޖެނަމަ ކުލަބު ވޯލްޑް ކަޕުގައި ކުޅެފައި އެހެން މެޗުތަކުގައި އޭނާ އިންނާނީ ޒުވާން ކީޕަރުންނަށް ފުރުސަތު ދީފައި ބެންޗުގައި ކަމަށެވެ.