ތަރައްްޤީ

މަޖިލީހުގެ ޖަލްސާ އަނެއްކާވެސް ފަސްކޮށްފި


މާދަމާ ބޭއްވުމަށް ހަމަޖެއްސި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އަންނަ ހަފްތާއަށް ފަސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިއަދު ބުނީ މާދަމާ ބޭއްވުމަށް ހަމަޖެއްސި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އަންނަ ހަފްތާގެ ދުވަހެއްގައި ބޭއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ނިންމަވާފައިވާ ކަމަށެވެ. ނަމަވެސް ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހަފްތާގެ ކޮންދުވަހަކު ކަމެއް މަޖިލީހުގެ އިދާރާއިން ހާމަކޮށްފައެއް ނުވެއެވެ.

ރައްޔިތުންގެ މަޖިލިސް އެންމެ އަވަހަށް ހުޅުވޭ ދުވަހަކުން އޮންނާނީ ދަޢުލަތުގެ ފަރާތުން އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާ ބަޖެޓް މަޖިލީހުގެ ތަޅުމަށް ފިނޭންސް މިނިސްޓަރ ހުށަހެޅުއްވުމެެވެ. ކުރިން އޮތް ގޮތުން އެ މަސައްކަތް އެޖެންޑާ ކުރުމަށް ނިންމާފައިވަނީ މާދަމާއަށެވެ.

ނަމަވެސް މާދަމާ ބޭއްވުމަށް ހަމަޖެއްސި މަޖިލީހުގެ ޖަލްސާ އަންނަ ހަފްތާއަށް ފަސްކުރި ސަބަބެއް މަޖިލީހުގެ އިދާރާއަކުން ހާމައެއް ނުކުރެއެވެ.