ދ ކުޑަހުވަދޫގައި ހިންގި މާރާމާރީއާއި ގުޅިގެން ހަތަރު ކުއްޖަކާ މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ މި މައްސަލައިގައި ހައްޔަރުކުރި އެންމެންވެސް ހައްޔަރުކޮށްފައިވަނީ ކޯޓް އަމުރެއްގެ ދަށުން ރޭގެ ވަގުތެއްގައިކަމަށެވެ.
މިިދިޔަ އާދިއްތަ ދުވަހު ކުޑަހުވަދޫގައި ހިންގި މާރާމާރީގައި އެކަކަށް އަނިޔާވެ އެ ރަށު ހޮސްޕިޓަލުން ފަރުވާދީފައިވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި މާރާމާރީ ހިނގާފައިވަނީ އެއްބަޑު އެއްބަފާ ދެބެއިންގެ ދެމެދުގައެވެ. މި މައްސަލަ އިތުރަށް ތަހުޤީގުކުރަމުން އަންނަކަމަށް ފުލުހުން ބުނެއެވެ.