ކުޅިވަރު

މޯލްޑިވިއަން ހަމަބިމަށް ތިރިކޮށް ސިފައިން ޗެމްޕިއަންކަން ހޯދައިފި


ޤައުމީ ވޮލީބޯޅަ މުބާރާތުގެ ތަށި މޯލްޑިވިއަނަށް މިލްކުވިޔަނުދީ ދިވެހި ސިފައިންގެ ކުލަބު ޤައުމީ މުބާރާތުގެ ޗެންޕިއަންކަން ހޯދައިފިއެވެ. 

ސީލައިފް ގްލޯބަލް 49ވަނަ ގައުމީ ވޮލީބޯޅަ މުބާރާތުގެ ފައިނަލް މެޗު ދިވެހި ސިފައިންގެ ކުލަބު ކާމިޔާބުކޮށްފައިވަނީ ތިން ސެޓް އެއް ސެޓުންނެވެ. 

އެސޯސިއޭޝަން ކަޕާއި ޤައުމީ ވޮލީބޯޅަ ލީގުގެ ޗެންޕިއަން މޯލްޑިވިއަން، ސިފައިންގެ އަތުން ބަލިވުމުން މިއީ މިސީޒަންގައި މޯލްޑިވިއަން ބަލިވި ދެވަނަ މެޗެވެ. އެސޯސިއޭޝަން ކަޕްގައި ސީލައިފް އަތުން މޯލްޑިވިއަން ބަލިވިފަހުން، ރޭ ކުޅެވުނު ފައިނަލް މެޗާއި ހަމައަށް އެޓީމް އެއްވެސް މެޗްއަކުން ބަލިވެފައެއް ނުވެއެވެ. 

ރޭގެ ފައިނަލް މެޗްގެ ފުރަތަމަ ދެ ސެޓް ގެންދިޔައީ ދިވެހި ސިފައިންގެ ކުލަބުންނެވެ. އެއީ 25-23 އަދި 25-21ންނެވެ. މެޗްގެ ތިންވަނަ ސެޓް ކާމިޔާބުކޮށްފައިވަނީ މޯލްޑިވިއަނުންނެވެ. މި ސެޓް މޯލްޑިވިއަން ކާމިޔާބުކުރީ 25- 18ންނެވެ. މެޗްގެ ފަހު ސެޓް 25-22 ން ކާމިޔާބުކޮށް ދިވެހި ސިފައިންގެ ކުލަބުން ޤައުމީ މުބާރާތުގެ ޗެންޕިއަންކަން ހޯދިއެވެ. 

img:http://s4.psmnews.mv/images/660x400/15135776252000.jpg|ޤައުމީ މުބާރާތުގެ ޗެމްޕިއަން ޓީމް ދިވެހި ސިފައިންގެ ކުލަބު / ފޮޓޯ : އަޙުމަދު އަހުސަން (ރެޑްބުލް)

ރޭގެ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދީ ދިވެހި ސިފައިންގެ ކުލަބުގެ އަޙުމަދު އަބްދުލް ކަރީމް (ލޯންގޭ)އެވެ. މުބާރާތުގެ އެންމެ މޮޅު ދިވެހި ކުޅުންތެރިޔާގެ މަގާމް ހޯދީ މޯލްޑިވިއަންގެ އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ)އެވެ. އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔަކަށް ހޮވުނީ ދިވެހި ސިފައިންގެ ޓީމްގެ ބިދޭސީ ކުޅުންތެރިޔާ ޕާކިސްތާން ޤައުމީ ޓީމުގެ މުނީރު ޚާނެވެ.