ކުޅިވަރު

އަސެންސިއޯއަށް ގާޑިއޯލާ ޝައުޤުވެރިވެއްޖެ


ރެއާލް މެޑްރިޑުގައި މޮޅަށް ކުޅެމުން އަންނަ ޒުވާން ފޯވަޑް މާކޯސް އަސެންސިއޯ ހޯދަން މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ މަސައްކަތް ފަށައިފިއެވެ. 

ސްޕޭނުގައި މިހާރު އެންމެ ބޮޑަށް ކުރިއަރަމުން އަންނަ ކުޅުންތެރިޔާ މިވަގުތުހުރީ ކުލަބު ބަދަލު ކުރަން ވެސް ތައްޔާރަށެވެ. ސަބަބަކީ ރެއާލް މެޑްރިޑުގައި މޮޅު ކުޅުންތެރިން ގިނަވެ، އޭނާ އަށް ކުޅުމުގެ ފުރުސަތު ނުލިބޭތީއެވެ. އަސެންސިއޯ ގެންދިއުމަށް ގާޑިއޯލާ ތައްޔާރުވާއިރު އޭނާ ދޫކޮށްލުމަކީ މެޑްރިޑުގެ މިހާރުގެ ރައީސް ފްލޮރެންޓިނޯ ޕެރޭޒް ބޭނުންވާ ގޮތެއްނޫނެވެ. އެއީ އަންނަ ސީޒަނަށް ރެއާލް މެޑްރިޑަށް ބޮޑު ބަދަލެއް ގެންނައިރު އަސެންސިއޯ އަކީ މުހިންމު ކުޅުންތެރިއަކަށް ހަދަން ޕްރޭޒް ބޭނުންވާތީއެވެ. 

އަސެންސިއޯ އަކީ ކުރިއަށް އޮތް ވޯލްޑް ކަޕުގައި ސްޕޭނުގެ ގައުމީ ޓީމުގައި ވެސް މުހިންމު ދައުރެއް އަދާކުރާނެ ކުޅުންތެރިއެކެވެ.