ޚަބަރު

ރިޝްވަތުގެ ތުހުމަތުގައި މައުމޫންގެ ދެ މުވައްޒަފަކު ހައްޔަރުކޮށްފި


ރައްޔިތުން މަޖިލީުގެ މެމްބަރުންނަށް ރިޝްވަތުދީގެން ސަރުކާރު ވައްޓާލަން މަސައްކަތްކުރާކަމުގެ ތުހުމަތުގައި ކުރީގެ ރައީސް މައުމޫން އަބްދޫލް ޤައްޔޫމްގެ އަރިސް ދެމީހަކު ހައްޔަރުކޮށްފިއެވެ. 

ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ ރައީސް މައުމޫންގެ ޕްރައިވެޓް ސެކިއުރިޓީއެއްގެ ގޮތުގައި މަސައްކަތްކުރާ މ ޕެންޒީހައުސް މުހައްމަދު އަޒްމީ އާއި ރައީސް މައުމޫންގެ އޮފީހުގައި މަސައްކަތްކުރާ ނަޖުމާ އިބްރާހިމްއެވެ. މި ދެ މީހުންވެސް ހައްޔަރުކޮށްފައިވަނި އެމީހުން ދިރިއުޅޭ ގެއިންނެވެ. 

މި ދެމީހުން ހައްޔަރުކުރުމަށް ކޯޓުން ނެރެފައިވާ އަމުރުގައި ވަނީ އެ މީހުން ހައްޔަރުކުރަނީ ޤާނޫނާއި ހިލާފަށް ބަޔަކު ރާވައިގެން ދިވެހިރާއްޖޭގައި އުފެދިފައިވާ ޤާނޫނީ ވެރިކަން ވައްޓާލުމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކަކަށް ރިޝްވަތުގެގޮތުގައި ފައިސާ ދީ އަދި އިތުރު މެންބަރުންތަކަކަށް ރިޝްވަތުގެ ފައިސާދޭން އުޅުނުކަމުގެ  ތުހުމަތުގައިކަމަށެވެ. އަދި އެނާއާއި ދެކޮޅަށް ލިބިފފައިވާ ހެއްކާއި ޤަރީނާތަކުގެ ތެރޭގައި ހެއްކެއްގެ ހެކިބަހާއި ވީޑިއޯ ފުޓޭޖްއާއި ފޮޓޯ އަަދި ކޯލް ރިކޯޑިން ހިމެނޭކަމަށްވެސް ކޯޓް އަމުރުގައިވެއެވެ. 

ކޯޓުއަމުރުގައިވާ ގޮތުން މި މީހުން މުޖްތަމައުއަށް ދޫކޮށްފައި ބެހެއްޓުމަކީ ފުލުހުންގެ ތަހުޤީޤަށް ބޮޑެތި ހުރަސްތަކެއް އެޅި ލިބިފައިވާ ހެކިތައް ފޮރުވައި ހެކިބަސްދޭން ތިބި މީހުންނަށް ނޫފޫޒު ފޯރުވައި އެ ހެކި ނައްތާލުމަށް ފުރުސަތު ތަނަވެސްވެގެންދާނެކަމެއްކަމަށްވެސް ކޯޓް އަމުރުގައިވޭއެވެ. 

ނަޖުމާއާއި އަޒްމީ މައްޗަށް ތުުމަތުކުރާ ކުށްތަކުގެ ތެރޭގައި ޓެރަރިޒަމްގެ ޤާނޫނުގެ ދަށުން ދައުލަތަށް  ނުވަތަ ސަރުކާރަށް ނޭދެވޭ ނުފޫޒެއް ފޯރުވުމާއި ޤާނޫނާއި ހިލާފަށް ސިޔާސީ ދީނީ  ނުވަތަ ވަކި ފިކުރެއް ކުރިއެރުވުމަށް މަަސައްކަތްކުރުން ކޯޓުއަމުރުގައި ފާހަގަކޮށްފައިވެއެވެ.