ކުޅިވަރު

ރެއާލްއާ ދެކޮޅަށް ނޭމާ ކުޅެން ބޭނުން: ޒިދާން


ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގައި އަންނަ ހަފުތާގައި ރެއާލް މެޑްރިޑާ ދެކޮޅަށް ޕީއެސްޖީގެ ބްރެޒިލް ފޯވަޑް ނޭމާ ސަންޓޯސް ކުޅެން ބޭނުންވާ ކަމަށް ރެއާލްގެ ކޯޗު ޒައިނުއްދީން ޒިދާން ބުނެފިއެވެ.

އޭނާ މިހެން ބުނީ ކަކުލަށް ލިބިފައިވާ އަނިޔާ އެއްގެ ސަބަބުން އަންނަ އަނަގާރަ ދުވަހު ކުޅޭ މެޗުގައި ނޭމާއަށް ކުޅެވޭނެ ކަމުގެ ޔަޤީންކަން ނެތް ކަމަށް ފްރާންސްގެ މީޑިޔާތަކުން ބުނަން ފެށުމުންނެވެ.

ޒިދާން ބުނީ އޭނާ އަކީ ކުޅުންތެރިން އިންޖަރީވެގެން މެޗު ނުކުޅެ ހުންނަ މަންޒަރު ބަލާހިތްވާ މީހެއްނޫން ކަމަށެވެ.

"އެއްވެސް ކުޅުންތެރިއަކު އަނިޔާގައި ހުރެ މެޗު ނުކުޅެވޭ ހާލަތުގައި ހުރުމަކީ އަހަރެން ބަލާހިތްވާ މަންޒަރެއްނޫން. އަހަރެން އެދެނީ ނޭމާ މި މެޗުގައި ކުޅެން. އޭނާ ފަދަ ކުޅުންތެރިން މި ފަދަ މެޗުގައި ކުޅުމަކީ ފުޓްބޯޅައަށް އަންނަ ކުރިއެރުމެއް. އޭނާއަށް ނުކުޅެވުމަކީ އަހަރުމެންނަށް ލިބޭ އުފަލެއްނޫން،" ޒިދާން ބުންޏެވެ.

އަންނަ ސީޒަނުގައި ރެއާލް މެޑްރިޑަށް ގެނަމަށް އެކުލަބުން ފާރަލަމުންދާ އެއް ކުޅުންތެރިއަކީ ވެސް ކުރިން ބާސެލޯނާ އަށް ކުޅުނު ނޭމަރއެވެ. ނަމަވެސް ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާގެ މިހާރުގެ ކޯޗު ބުނީ ރެއާލް މެޑްރިޑާ ދެކޮޅަށް ނޭމާ ކުޅުމުގެ ފުރުސަތު ކުޑަ ކަމަށެވެ.

"ވަރަށް ހަނި ފުރުސަތެއް އޮތީ. އަހަރުމެން އުއްމީދު ކުރަނީ އޭނާ ފިޓްވާނެ ކަމަށް. އެކަމަކު އެއީ އެހާ ފުރުސަތު ބޮޑު ކަމެއްނޫން،" ޕީއެސްޖީގެ ކޯޗު އުނާއީ އެމްރޭ ބުންޏެވެ.

ނޭމާ އަށް ލިބިފައިވާ އަނިޔާ ރަނގަޅު ކުރުމަށް ކަކުލުގެ އޮޕަރޭޝަނެއް ކުރަންޖެހޭ ވާހަކަ ކޯޗު ވަނީ ދޮގުކޮށްފަ އެވެ.