"" ދިރާގުން ވައިފައި ކަނެކްޝަންގެ މަސައްކަތް އިއްޔެގެ ނިޔަލަށް މިހާރުވަނީ ނިމިފައި. އެއީ ހުރިހާ ސްކޫލްތަކަށް ވައިފައި ނެޓްވޯކް ކްލާސްރޫމްތަކާ ހިސާބަށް ގުޅާލުމުގެ މަސައްކަތްތައް. ދެން އިންޓަރނެޓް ގުޅާލުމުގެ މަސައްކަތް ދެން ކުރިއަށްދާނީ. "އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަހުމަދު ޝަފީއު
ރާއްޖޭގެ ހުރިހާ ސްކޫލެއް ޑިޖިޓަލައިޒްކޮށް ކިޔަވައިދިނުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ސްކޫލްތައް ވައިފައި ކުރުމުގެ މަސައްކަތް ނިމިފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
ހުރިހާސް ސްކޫލެއް ޑިޖިޓަލައިޒްކޮށް ކިޔަވައިދިނުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތުގެ ދަށުން ދެވަނަ ޓާމުގެ ކިޔެވުން ފެށެންވާއިރަށް އެމަސައްކަތް ނިންމާ ސްކޫލްތައް ޑިޖިޓަލައިޒްކޮށް ކިޔަވައިދޭން ފެށޭނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަހުމަދު ޝަފީއު ވިދާޅުވީ މި މަސައްކަތުގެ ދަށުން ސްކޫލްތައް ވައިފައި ކުރުމުގެ މަސައްކަތް މި ހަފްތާތްރޭގައި އެއްކޮށް ނިމިފައިވާކަމަށެވެ. އަދި ދިރާގާއި ގުޅިގެން ކުރިއަށްގެންދާ މި މަސައްކަތުގެ ދަށުން މިހާރު ކުރިޔަށްދަނީ ވައިފައި ޓެސްޓްކުރުމުގެ މަސައްކަތްކަމަށެވެ.
ސްކޫލްތައް ޑިޖިޓަލައިޒްކުރުމުގެ މަޝްރޫއުގެ ދަށުން ސްކޫލްތަކަށް ބޭނުންވާ ބައެއް ޓެބްލެޓްތައް މިހާރު ރާއްޖެގެނެސްފައިވާކަމަށް ޝަފީއު ވިދާޅުވިއެވެ. އަދި މި މަހުގެ ތެރޭގައި ސްކޫލްތަކަށް ޓެބްލެޓްތައް ފޮނުވުމުގެ މަސައްކަތް ފަށާނެކަމަށާއި ދެވަނަ ޓާމުގެ ކިޔެވުން ފެށޭއިރު ސްކޫލްތަކުގައި ދަރިވަރުން ބޭނުންކުރާނީ ޓެބްލެޓްކަމަށްވެސް ޝަފީއު ވިދާޅުވިއެވެ.
ސްކޫލްތަކުގައި ޓެބްލެޓް ބޭނުންކުރަން ފެށުމުގެ ކުރިން އެކަމަށް ޓީޗަރުން ތަމްރީނުކުރުމުގެ މަސައްކަތް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ނިންމާލާފައެވެ.
ސްކޫލްތައް ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތަށް މި އަހަރުގެ ބަޖެޓްގައި 154 މިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ. މި ޕްރޮޖެކްޓްގެ ދަށުން 70 ހާހަށްވުރެ ގިނަ ވާވޭ ބްރޭންޑުގެ ޓެބްލެޓް ދަރިވަރުންނާއި ޓީޗަރުން ބޭނުންކުރުމަށް ގެންދާނެކަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.