ޚަބަރު

ާާއައްޑޫސިޓީ ހިތަދޫ ބަނދަރުގައި އޮތް ދެބޯޓެއް ނަގަން ހައުސިން މިނިސްޓްރީން އަންގައިފި


އައްޑޫސިޓީ ހިތަދޫ ބަނދަރުގައި ގިނަ ދުވަސްތަކެއް ވަންދެން އަޅާފައިވާ ދެ އުޅަނދެއް 7 ދުވަސް ތެރޭ ނަގަން ހައުސިން މިނިސްޓްރީން އަންގައިފިއެވެ.

ހައުސިން މިނިސްޓްރީން ބުނެފައިވަނީ، ހިތަދޫ ބަންދަރުގައި ބަލަހައްޓާނެ ފަރާތެއް ގިނަ ދުވަސްވެފައިވާ ދެ އުޅަނދު( އުޅަނދު ނަމްބަރ:C4178B-01 10-T އަދި ނަމްބަރ:C4252B-01 10-T ) ބަލަހައްޓާނެ ފަރާތެއް ނެތި ގިނަ ދުވަހައް އޮތުމުގެ ސަބަބުން ބަނދަރު ތެރެއަށް ފެތުމުގެ ބިރު އެބައޮތް ކަމަށެވެ.

މިނިސްޓްރީން މިކަމާއި ގުޅިގެން ކޮށްފައިވާ އިޢުލާނުގެ ބުނެފައިވަނީ މި ދެއުޅަނދު ބޭނުން ނުކޮށް އޮތުމުން ބަނދަރު ބޭނުން ކުރާ ފަރާތްތަކަށް ބޮޑެތި ދަތިތަކެއް ކުރިމަތި ވަމުން އަންނަ ކަމަށެވެ. އަދި މިކަމާ ގުޅިގެން ގިނަ ޢަދަދެއްގެ ޝަކުވާތަކެއް ލިބުމާއި ގުޅިގެން މި ދެ އުޅަނދުގެ ވެރިފަރާތް ހޯދުމަށް މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބު ވެފައި ނުވާ ކަމަށެވެ.

މިކަމާއި ގުޅިގެން ހައުސިން މިނިސްޓްރީން ވަނީ މި ދެ އުޅަނދުގެ ވެރިފަރާތުން، މިދެއުޅަނދު 7 ދުވަސް ތެރޭ ނެގުމަށް އަންގާ އިޢުލާންކޮށްފައެވެ. އަދި 7 ދުވަހުގެ ތެރޭގައި މި ދެއުޅަނދު ނުނަގައިފި ނަމަ، މިނިސްޓްރީން މި ދެއުޅަނދު ނަގާ ހިތަދޫ ފަޅުތެރޭ އެހެން ތަނަކަށް ބަދަލު ކުރާނެ ކަމަށް ވަނީ އިޢުލާނުގައި ބުނެފައިވެއެވެ.

ހިތަދޫ ބަނދަރުގައި ބޭނުން ނުކުރާ ބައެއް އުޅަނދުތަށް އަޅާފަ ހުރުމުން ބަނދަރު ބޭނުން ކުރަން ދަތިވެފައިވާ ކަމަށް ބަނދަރު ބޭނުން ކުރާ ފަރާތްތަކުން ބުނެއެވެ. އަދި މިފަދަ އުޅަނދުތަށް ނުނަގާ ހުރުމުން ބަނދަރުގައި ޖާގައިގެ މައްސަލަ ކުރިމަތި ވެފައިވާ ކަން ފާހަގަ ކުރެވެއެވެ.