ދުނިޔެ

އެއްގަމު މަގުން ޣައްޒާއަށް ނޭރުމަށް އދގެ ސެކްރެޓަރީ ޖެނެރަލް ގޮވާލައްވައިފި





 


އިސްރާއީލުން ފަލަޞްޠީންގެ ޣައްޒާއަށް ދެމުން ގެންދާ ހަމަލާތަކުގައި މަރުވަމުންދާ މީހުންގެ އަދަދު ކަންބޮޑުވާ ހިސާބަށް ގޮސްފި ކަމަށް ވިދާޅުވެ، އެއްގަމު މަގުން ޣައްޒާއަށް ނޭރުމަށް އދ ގެ ސެކްރެޓަރީ ޖެނެރަލް ބަންކީ މޫން އިސްރާއީލަށް ގޮވާލައްވައިފިއެވެ.


 
އިސްރާއީލްގެ އަސްކަރިއްޔާގެ ޙަމަލާތަކާ ހަމާސް ހަނގުރާމަވެރިންގެ ހަމަލާތައް ހުއްޓާލުމަށް ގޮވާލާ ބަންކީ މޫން ނެރުއްވި ބަޔާނުގައި ވިދާޅުވެފައި ވަނީ އިސްރާއީލްގެ ޙަމަލާތަކަށް ހަފްތާއެއް ވީއިރު، ގިނަ ބަޔަކު މަރުވެފައިވާކަމަށާ، އެއްގަމު މަގުން އަރައި ހަމަލާދީފިނަމަ އިތުރު އެތައް ބައެއްގެ ފުރާނަ ގެއްލިދާނެކަމުގެ ކަންބޮޑުވުން އެބައޮތް ކަމަށެވެ. މިބަޔާނުގައި ބަންކީމޫން އިތުރަށް ވިދާޅުވެފައިވަނީ ޣައްޒާގެ ރައްޔިތުން ރައްކާތެރިކަމާ މިނިވަންކަމުގެ ހައްޤުން މަހުރޫމް ވެފައިވާ ތިބޭތާ ދުވަސްތަކެއް          ފާއިތު ވެއްޖެކަމަށާއި މިއީ އަވަސް ޙައްލެއް ހޯދަން ޖެހިފައިވާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.


 
 


މިއީ އިސްރާއީލާ ޣައްޒާއިން ދޭ ޙަމަލާތައް ހުއްޓާލުމަށް ބަންކީ މޫން ގޮވާލެއްވި ދެވަނަ ފަހަރެވެ. އދގެ ސަލާމަތީ މަޖްލީހުންވެސް ވަނީ ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް ގޮވާލާފައެވެ.