ހުޅުމާލޭގައި މިހާރު ހަދާފައިވާ ބައިނަލްއަޤްވާމީ ފެންވަރުގެ ދުވާ ޓްރެކުގައި، ޒަމާނީ ފެންވަރުގެ ވަޞީލަތްތައް ޤާއިމްކޮށް، މިއަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި ހުޅުވާނެ ކަމަށް ޔޫތް މިނިސްޓަރ އިރުތިޝާމް ޢާދަމް ވިދާޅުވެއްޖެއެވެ.
ޔޫތް މިނިސްޓްރީގެ ފާއިތުވި ހަތަރު އަހަރުގެ ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޔޫތް މިނިސްޓަރ އިރުތިޝާމް ޢާދަމް ވިދާޅުވީ، މިހާރު ޢާންމުންނަށް ހުޅުވާލާފައިވާ ދުވާ ޓްރެކްގައި އިތުރު ޚިދުމަތްތަކާއި ވަޞީލަތްތައް ޤާއިމްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
މިނިސްޓަރ އޮފް ޔޫތް އެންޑް ސްޕޯޓްސް އިރުތިޝާމް ޢާދަމް ވިދާޅުވިއެވެ.
ހުޅުމާލޭގައި ދުވާ ސިންތެޓިކް ޓްރެކްގެ މަސައްކަތް ނިންމައި އެތަން ބޭނުންކުރަން ޢާންމުންނަށް މިހާރު ހުޅުވާލާފައިވާއިރު، ޕްރޮފެޝަނަލް އެތްލީޓުންނަށް އެތަން ބޭނުންކުރުމުގެ އިންތިޒާމް ހަމަޖައްސައިދީފައިވާ ކަމަށްވެސް ޔޫތް މިނިސްޓަރ ވިދާޅުވިއެވެ.
400 މީޓަރު ދިގު މިޓްރެކް ފަރުމާކޮށްފައިވަނީ 8 ލޭނަށް ދުވެވޭ ގޮތަށެވެ. ދައުލަތުގެ ބަޖެޓުން ގާތްގަނޑަކަށް 14 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހަދާފައިވާ މިޓްރެކަކީ ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތަށް ހުޅުމާލޭގައި ތަރައްޤީކޮށްފައިވާ މިފަދަ ފުރަތަމަ ޓްރެކެވެ.
މީގެ އިތުރުން ހުޅުމާލޭގައި ޤާއިމްކުރަމުންދާ މިނީ އިންޑޯރ ސްޕޯޓްސް ކޮމްޕެލެކްސްގެ މަސައްކަތް ނިންމާ އޯގަސްޓް މަހުގެ ތެރޭގައި ހުޅުވާނެ ކަމަށްވެސް ޔޫތް މިނިސްޓްރީން ބުނެއެވެ.