ވިޔަފާރި

މަހުގެއާ އުފެއްދުންތައް އުފެއްދުމަށް ކުދި ލޯނަށް އެދުމުގެ ފުރުޞަތު





 


ފިޝަރީޒް ޑިވެލޮޕްމެންޓް ޕުރޮގުރާމުގެ ދަށުން މަހުގެއާ އުފެއްދުންތައް އުފެއްދުމަށް ކުދި ލޯނަށް އެދުމުގެ ފުރުޞަތު އިތުރުކޮށްފިއެވެ.


 
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރއިން މައުލޫމާތު ދެއްވާގޮތުގައި ފިޝަރީޒް ޑިވެލޮޕްމެންޓް ޕްރޮގުރާމުގެ ދަށުން މަހުގެ އާ އުފެއްދުންތައް އުފެއްދުމަށް ކުދި ލޯނު ނެގުމަށް އެދޭފަރާތްތަކަށް މެއި އެގާރަ ވަނަ ދުވަހު ހުޅުވާލި ފުރުސަތުގައި ލޯނަށް އެދި ހުށަހެޅުމުގެ މުއްދަތު ނުވައެއް ޖުލައިއަށް ހަމަވިއިރު އެލޯނަށް އިތުރުފަރާތްތަކަކުން އެދެމުންދާތީ، ލޯނަށް އެދުމުގެ މުއްދަތަށް އިތުރު ދެ މަސްދުވަސް އިތުރުކޮށްފައިވާ ކަމަށެވެ.


 
މި ލޯނު ޕުރޮގުރާމަކީ މަސްވެރިކަން ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން ޙަރަކާތްތެރިވާ ޞިނާޢީ ކުންފުނިތަކަށް މަސްވެރިން ބާނާމަހުގެ ތެރެއިން ނުގަންނަ މަހުން އިތުރު ޢާމްދަނީއެއް ލިބޭނެގޮތަކަށް އެމަހުގެ ބޭނުންހިފުމަށްޓަކައި މަހުގެ ބާވަތްތައް ތައްޔާރުކޮށް އާއުފެއްދުންތައް އުފެއްދުމަށް ހިތްވަރުދިނުމުގެ ގޮތުން ފަސްދޮޅަސް އިންސައްތަ ޒުވާން އަންހެނުންނަށް އަމާޒުކޮށްގެން ހުޅުވާލާފައިވާޕުރޮގުރާމެއް ކަމަށް ފިޝަރީޒް މިނިސްޓްރީއިން މައުލޫމާތުދެއެވެ.


 
 


މި ޕުރޮގުރާމުގެ ދަށުން ދޫކުރާ ލޯނުތައް ދޫކުރުމަށްހަމަޖެހިފައިވާ ޖުމުލަ ޢަދަދަކީ ފަހެއް ޕޮއިންޓު އަށެއް މިލިޔަންރުފިޔާއެވެ. މި ޕުރޮގުރާމުގެ ދަށުން ލޯނަށް އެދުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ ސާދަ ސެޕްޓެމްބަރާ ހަމައަށެވެ.