ޓެކްނޮލޮޖީގެ ރޮނގުން ރާއްޖެދަނީ ދުވަހެއް ދުވަހަކަށް ކުރިއަރަމުންނެވެ. ދިވެހިންގެ ތެރޭގައި ޒަމާނީ ވަޞީލަތްތަކަށް އަހުލުވެރި ނޫން މީހުން މިހާރު ވަރަށްވެސް މަދެވެ.
ދިވެހީންގެ މަސައްކަތްތެރިކަމުގެ ދާއިރާއިން ފެށިގެން ތަޢުލީމީ ދާއިރާއިންވެސް މިތަރައްޤީ ދަނީ ފެންނަމުންނެވެ. ދަންނަވަން މިއުޅެނީ ޓެކްނޮލޮޖީގެ އެހީ، ގިނަ ދާއިރާތަކުން ބޭނުންކުރަންފަށާފައިވާ ވަހަކައެވެ.
ސަރުކާރުން ތަޢުލީމީ ދާއިރާއަށް ގެންނަމުންދާ އިންޤިލާބީ ބަދަލުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ބަދަލަކީ ދަރިވަރުންނާއި ޓީޗަރުންނަށް ޓެބްލެޓް ފޯރުކޮށްދިނުމުގެ މަޝްރޫޢެވެ. މީގެ ދަށުން ޓީޗަރުންނަށާއި ދަރިވަރުންނަށް ޓެބްލެޓް ބަހަންފަށާފައިވާއިރު މިބަދަލަކީ ރަނގަޅުބަދަލެއްތޯ ނުވަތަ ނޫންތޯބައެއް ފަރާތްތަކުންދަނީ ސުވާލު އުފައްދަމުންނެވެ. ކޮންމެ ބަދަލަކާއެކުވެސް އެކަމާ ގުޅުންހުރި ކަންތައްތަކެއް ބަދަލުވެގެން ދާނެކަމީ ހަގީގަތެކެވެ.
މިބަދަލުތަކުގެ ރަނގަޅުކަމާއި ކުރާ ނެދެވޭ އަސަރުތައް މިނެކިރާލާއިރު ކުރަ ފައިދާތައް ގިނަ ކަމުގައި ވާނަމަ އެކަމެއް ބަލައިގަތުމަކީ ހަމަ އެންމެ ރަނގަޅުކަމެއްކަން އެންމެވެސްވެސް ޤަބޫލުކުރެއެވެ. ތަޢުލީމީ ދާއިރާއަށް ބަލާނަމަ ޓެބްލެޓްގެ ސަބަބުން ދަރިވަރުންގެ އެންމެ "ކްލިކަކުން" ގިނަ މަޢުލޫމާތުތަކެއް މަދު ވަގުތުކޮޅެއްގެ ތެރޭގައި އެދަރިވަރުންނަށް ލިބިގެންދާނަމަ އެއީ ވަގުތުގެ ގޮތުން ބެލިޔަސް ބޮޑު ލުޔެކެވެ. އަދި މިބަދަލާއެކު ބޮޑެތި ލައިބްރަރީ ތަކާ ދަރިވަރު ގުޅުވައިދޭ ޒަރީއާއަކަށް ޓެބްލެޓްވެގެންދާއިރު މިއީ ދަރިވަރުންގެ ތަޢުލީމަށް ހުޅުވިގެންދާ ވަރަށް ބޮޑު ދޮރެއްކަން ފާހަގަކޮށްލެވެއެވެ.
ކުލާސްރޫމްގެ ބޯޑުގައި ޓީޗަރު ފިލާވަޅު ލިޔެ ފިލާވަޅު ފޮތަށް ނެގުމުގައި ހޭދަވާ ވަގުތުތައް އެފިލާވަޅު ދަރިވަރަށް ވިސްނައިދިނުމަށް ހޭދަވަނަމަ މިއީ ނަތީޖާ ރަނގަޅުކުރުމަށް ކުރެވުނު މަސައްކަތެކޭ ދަންނަވަންޖެހެއެވެ.
ތައުލީމީ ދާއިރާއިން ފެށިގެން ކުނިނެގުމާ ހަމަޔަށް ރާއްޖޭގެ ކޮންމެ ދިމާލަކަށް ބެލިކަމުގައިވީނަމަވެސް ޓެބްލެޓް ފަދަ ޑިވައިސްތައް މިވަނީ ވަރަށް ބޮޑަށް ދިވެހީންގެ ތެރޭގައި ޢާއްމުވެފައެވެ. ރާއްޖޭގެ ބޮޑެތި ސިޓީތަކުގައި ކުނި ނެގުމުގެ މަސައްކަތް ވެމްކޯއިން ކުރާއިރު މީގެ އަށް މަސްކުރިން ފެށި މިމަސައްކަތުގައި ޢައްމުންގެ ފަރާތުން ލިބެމުނދިޔަ ޝަކުވާތައްމިވަނީ ވަރަށް ބޮޑަށްވެސް މަދުކުރެވިފައެވެ. މިކަމުގައިވެސް ޓެބްލެޓުގެ ދައުރު ބޮޑެވެ.
ކުރިއާ ޚިލާފަށް މިހާރު ވެމްކޯއިން ކުނިނެގުމުގެ މަސައްކަތް ޓެބްލެޓް މެދުވެރިކޮށް މޮނިޓަރ ކުރަމުންދާއިރު ކުނި ނުނެގޭނަމަ، ނުނެގޭ ސަބަބާއެކު ތަފްސީލްކޮށް ދަނީ އަޕްޑޭޓްވަމުންނެވެ. އެހެންކަމުން ގެއަކުން ހެނދުނު ކުނި ނުނަގާނަމަ ހަވީރު ޑިއުޓީގައި އުޅޭ ވެމްކޯގެ މުވައްޒަފުންނަށާއި ޑިއުޓީ އޮފިސަރުންނަށް އެގެއަކުން ކުނި ނުނަގާކަން ޓެބްލެޓް މެދުވެރިކޮށް އެނގެއެވެ. މިބަދަލުތަކަކާއެކު ވިސްނަންޖެހޭ އެންމެ މުހިއްމުކަމަކީ މިފަދަ ޒަމާނީ ބަދަލުތަކަށް އަޅުގަނޑުމެން ފަރުދުން ހޭލުންތެރިވުމެވެ. ބަދަލުތަކާއެކު ކުރިމަތިވާ ނޭދެވޭ ކަންކަމުން ސަލާމަތްވެ އެންމެ ހެޔޮ ބަދަލަކަށް އެކަން ވެގެންދާނީ އޭރުންކަމުގައި ޤަބޫލުކުރަންޖެހެއެވެ.