ޚަބަރު

ފުވައްމުލަކަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ދެމީހަކު ހައްޔަރުކޮށްފި


ފުވައްމުލަކު ސިޓީއަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު ދެމީހަކު ހައްޔަރު ކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރު ކުރީ އުމުރުން 41 އަހަރުގެ ފިރިހެނަކާއި 26 އަހަރުގެ ފިރިހެނެކެވެ. މި ދެމީހުން ހައްޔަރު ކުރީ ފުލުހުންނަށް ލިބުނު ޖާސޫސީ މަޢުލޫމާތަކާއި ގުޅިގެން މި މަހުގެ 29 ވަނަ ދުވަހުގެ 20:25 ހާއިރު ފުވައްމުލަކު ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ.

ފުލުހުން މައުލޫމާތު ދިންގޮތުގައި ހައްޔަރު ކުރި މީހުންގެތެރެއިން 26 އަހަރު ފިރިހެން މީހާ ހައްޔަރު ކުރީ މާލެއިން ފުރައިގެން ފުވައްމުލަކަށް އައި ބޯޓުންނެވެ. އަދި މި ބޯޓު ބާލާ ފާސްކުރުމުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައި ހުރި ޖޫސްޕެޓީ ކޮތަޅެއް ވަނީ ފެނިފައެވެ. އަދި 41 އަހަރުގެ މީހާ ހައްޔަރު ކޮއްފައިވަނީ ބަނދަރު ޞަރަޙައްދުން ކަމަށް ފުލުހުން ބުނެއެވެ.

ފުވައްމުލަކު މެޖިސްޓްރޭޓު ކޯޓުން ވަނީ މި ދެމީހުންގެ ބަނދަށް 15 ދުވަސް ޖަހައިދީފައެވެ. މި މައްސަލަ ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން މިހާރުދަނީ ތަޙްޤީގު ކުރަމުންނެވެ.