ޚަބަރު

އިސްލާމިކް ބޭންކްގެ އޭޓީއެމް ސެންޓަރެއް އަމީނީ މަގުގައި ހުޅުވައިފި


މޯލްޑިވްސް އިސްލާމިކް ބޭންކްގެ އޭޓީއެމް ސެންޓަރެއް އަމީނީ މަގުގައި ހުޅުވައިފިއެވެ.

އޭޓީއެމް ރަސްމީކޮށް ހުޅުއްވައިދެއްވީ އެކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ ޑެޕިއުޓީ ވައިސް ޗަންސެލަރ މުއާވިޔަތް މުޙައްމަދާއި އިސްލާމިކް ބޭންކްގެ އެކްޓިންގ ސީއީއޯ އަޙްމަދު ރިޒާއެވެ.

އަމީނީ ބިލްޑިންގގައި ހުޅުވި މިއޭޓީއެމް ސެންޓަރަކީ އެބޭންކުން މާލޭގައި ހުޅުވި 4 ވަނަ އޭޓީއެމް ސެންޓަރެވެ. ދެ މެޝިނާއެކު ހުޅުވި މި އޭޓީއެމް ސެންޓަރުން އެބޭންކުގެ އެހެނިހެން އޭޓީއެމްތަކުން ލިބޭ ފައިސާގެ ހުރިހާ ޚިދުމަތެއްވެސް ލިބޭނެކަމަށް އެމް.އައި.ބީން ބުނެއެވެ. އޭޓީއެމް ހުޅުއްވާދެއްވުމަށްފަހު ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން އެމް.އައި.ބީގެ އެކްޓިންގ ސީއީއޯ އަޙްމަދު ރިޒާ ވިދާޅުވީ ގިނަ ޢަދަދެއްގެ ސްކޫލްތަކާއި ސަރުކާރުގެ އޮފީސްތައް ހުރި މިސަރަޙައްދުގައި އޭޓީއެމްގެ ޚިދުމަތް ދޭން ފެށުމުން ޢާންމުންގެ ގިނަ ބަޔަކަށް ވަރަށް ބޮޑަށް ލުއިފަސޭހަ ވެގެން ދާނެކަމަށެވެ.

"
"މިސަރަޙައްދުން އެހެން ސްޕޭސްއެއް ލިބޭތޯކުރި މަސައްކަތުން އެމްއެންޔޫއިން ވަނީ ވަރަށް ދީލަތިކަމާއެކު އެޔުނިވަރސިޓީގެ ފެކަލްޓީގެ ބައެއް އޭޓީއެމް ސްޕޭސްއަށްވަނީ ދެއްވާފައި. މިސަރަޙައްދަކީ ވަރަށް ބައިވަރު ސްކޫލްތަކާއި ކޮލެޖްތަކާއި ޔުނިވަރސިޓީގެ އިތުރުން ސަރުކާރުގެ އޮފީސްތަކާއި ފްލެޓްތައް ހުރި ސަރަޙައްދަކަށްވުމުން މިސަރަޙައްދުގައި ތިބި ފަރާތްތަކަށް ދުރަށް ނުގޮސް އޭޓީއެމްގެ ޚިދުމަތް ލިބިގެންދާނެ."
އެމް.އައި.ބީގެ އެކްޓިންގ ސީއީއޯ އަޙްމަދު ރިޒާ

މިއޭޓީއެމާއެކު މާލެ ސަރަޙައްދުގައި އެމްއައިބީގެ ބާރަ އޭޓީއެމްގެ ޚިދުމަތް މިހާރު ލިބެން ހުންނާނެކަމަށް އެބެންކުން ބުނެއެވެ. މިއޭޓީއެމްތަކުން ދިވެހި އިނގިރޭސި އަދި ބަންގްލަދޭޝް ބަހުން ޚިދުމަތް ލިބެން ހުންނައިރު ކުރިއަށް އޮތްތަނުގައި މިއޭޓީއެމްތަކުން ފައިސާ ޖަމާކުރުމުގެ ޚިދުމަތް ދިނުމުގެ މަސައްކަތް މިހާރުވެސް ކުރަމުންއަންނަކަމަށް އެބޭންކުން ބުނެއެވެ.