ސޫރިޔާގެ އިދްލިބްއަށް ތުރުކީވިލާތުން އިތުރު ސިފައިން ފޮނުވުމަށް ނިންމާފައިވާކަމަށް އެ ޤައުމުން ބުނެފިއެވެ. ތުރުކީވިލާތުން މިހެން ބުނެފައިވާ މިވަނީ އިދްލިބްގައި ހަމަލާ ބަދަލުކުރުން މަނާ ސަރަހައްދެއް ޤާއިމުކުރުމަށް އެގައުމާ ރަޝިޔާއިން އެއްބަސްވެފައިވާ ދަނޑިވަޅެއްގައެވެ.
މި ހަފުތާގެ ހޯމަ ދުވަހު ރަޝިޔާ އާއި ތުރުކީވިލާތުގެ ރައީސުން އިއުލާނުކުރެއްވި އެއްބަސްވުމުގެ ދަށުން އިދްލިބްގައި ޤާއިމުކުރާ ހަމަލާތައް ބަދަލުކުރުން މަނާ ސަރަހައްދުގެ ކައިރީގައި ހަރަކާތްތެރިވަމުންދާ ހައްދުފަހަނައަޅާފައިވާ ޓެރަރިސްޓް ޖަމާޢަތްތަކުން އަންނަ މަހުގެ މެދު ތެރޭގެ ކުރިން އެ ސަރަހައްދުން ފައިބަން ޖެހެއެވެ.
ސޫރިޔާގެ ސަރުކާރުން މި އެއްބަސްވުމަށް މަރުޙަބާ ކިޔާފައިވާއިރު އެ ޤައުމުން ބުނެފައިވަނީ ސޫރިޔާގެ ހުރިހާ ސަރަހައްދެއް ސަރުކާރުގެ ބެލުމުގެ ދަށަށް ގެނައުމަށް ކުރަމުންދާ މަސައްކަތްތައް ހުއްޓާނުލާނެ ކަމަށެވެ. ހަމަލާ ބަދަލުކުރުން މަނާކުރާ ސަރަހައްދުގެ ސަލާމަތީ ކަންކަން ބެލުމަށް ހަރަކާތްތެރިވާނީ ތުރުކީވިލާތާ ރަޝިޔާގެ އަސްކަރީ ބާރުތަކުންކަމަށް ދެ ޤައުމުން ބުނެއެވެ. އަދި ތުރުކީވިލާތުން އިދްލިބަށް ފޮނުވާ އިތުރު ސިފައިންނަކީ މިކަމަށްޓަކައި އެރަށަށް ފޮނުވާ ސިފައިން ކަމަށް ވެސް ވަނީ ބެލެވިފައެވެ.
ހައްދުފަހަނައަޅާފައިވާ ހަނގުރާމަވެރި ޖަމާޢަތްތަކާ މެދު މިނުގެ ވިސްނުމެއް ގެންގުޅޭ ޖަމާޢަތްތަކާ ދެމެދު ތަފާތު ކުރާނެ ގޮތްތައް ރަޝިޔާއާ ތުރުކީއިން ވެސް އަދި ހާމަކޮށްފައެއްނުވެއެވެ.