ޚަބަރު

ރައީސްގެ އަނބިކަނބަލުން އައްޑޫ ސިޓީއަށް ވަޑައިގެންފި


ރައީސްގެ އަނބިކަނބަލުން އައްޑޫ ސިޓީއަށް ވަޑައިގަތުމުން އެކަމަނާއަށް އައްޑޫ ސިޓީގެ ރައްޔިތުން މަރުހަބާ ދަންނަވަނީ

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް އައްޑޫ ސިޓީއަށް ވަޑައިގެންފިއެވެ.

އައްޑޫ ގަން އިންޓަނޭޝަނަލް އެއަރޕޯޓުން އެކަމަނާއަށް މަރުހަބާ ދެންނެވީ ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ މެމްބަރުންނާއި އައްޑޫ ސިޓީގައި ހަރަކާތްތެރިވާ ޕީޕީއެމްގެ އިސް ބޭފުޅުންނާއި ޕީޕީއެމްގެ ސަޕޯޓަރުންނެވެ.

މިދަތުރުފުޅުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އައްޑޫ ސިޓީގެ ރައްޔިތުންނާއި ބައްދަލުކުރުމަށް ބާއްވާ ޚާއްސަ ޖަލްސާއެއް އައްޑޫ ސިޓީ ހިތަދޫ ސްޓޭޖް ސަރަހައްދުގައި މިރޭ އޮންނާނެއެވެ.