ޖަލުގައި މިވަގުތު ހުންނެވި ކުރީގެ ރައީސް މައުމޫނާއި އިތުރު ބައެއް ސިޔާސީ ބޭފުޅުން ބަންދުން ދޫކޮށްލުމާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމަށް ނިންމައިފިއެވެ.
ރައީސް މައުމޫނާއި އެހެން ސިޔާސީ ބޭފުޅުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު ފަހެއްޖަހާއިރުއެވެ.
ރައީސް މައުމޫނާއި ފާރިސް މައުމޫންގެ އިތުރުން ޔުމްނާ މައުމޫންގެ ފިރިކަލުން އަހުމަދު ނަދީމް ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރަން ނިންމާފައި މިވަނީ އެބޭފުޅުން މިނިވަންކޮށްދޭން ހައިކޯޓަށާއި ކްރިމިނަލް ކޯޓަށް މިއަދު ހުށަހަޅާފައިވަނިކޮށެވެ.
ރައީސް މައުމޫނާއި ފާރިސް އަދި ނަދީމްގެ އިތުރުން، ޖަލުގައި މިވަގުތު ތިއްބެވި ސިޔާސީ އެހެން ބައެއް ބޭފުޅުންގެ ބަންދާމެދުވެސް ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކުރުމަށް ވަނީ ނިންމާފައެވެ.