ޚަބަރު

ހއ ފިއްލަދޫގެ "ހޮލިޑޭ ކަޕް" ފެށިއްޖެ


ވޭތުވެދިޔަ 11 އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ބޮޑު ޗުއްޓީއާ ދިމާކޮށް ހއ ފިއްލަދޫގައި ބާއްވަމުންދާ ފުޓުބޯޅަ މުބާރާތް "ހޮލިޑޭ ކަޕް" މިއަދުވަނީ ފެށިފައެވެ. ޖުމްލަ ފަސް ޓީމަކުން ބައިވެރިވާ މިމުބާރާތް އިންތިޒާމުކޮށް ކުރިއަށްގެންދަމުންދަނީ ރަށުގެ ޒުވާނުން އިސްނަގައިގެންނެވެ.
މުބާރާތުންގެ ޗެމްޕިއަންޓީމަކަށް 10،000ރުފިޔާ ކަނޑއެޅިފައިވާ މިމުބާރާތަކީ ފިއްލަދޫގެ ޒުވާނުންގެ މެދުގައި ފުޓުބޯޅަ ރޫޙު ޢާލާކުރުމާއި އެކުވެރިކަން އިތުރަށް ބަދަހިކޮށް އަދި އިޖްތިމާޢީގޮތުން ދިމާވަމުންދާ މައްސަލަތަކަށް ހައްލެއް ހޯދުމުގެ މަޤުޞަދުގައި ކޮންމެ އަހަރަކުވެސް ބާއްވަމުންދާ މުބާރާތެކެވެ.
މިމުބާރާތަކީ ވަރަށްގިނަ ފަރާތްތަކެއްގެ އެހީތެރިކަމާއެކު ކުރިއަށް ގެންދެވޭ މުބާރާތެކެވެ. އެގޮތުން ހއ ކެލާ އިބްރާހީމް ޝަރީފާއި ކެލާދާއިރާގެ މެމްބަރު ޢަލީ އާރިފް އަދި ހއ ކެލާ ފަތުޙުﷲ އިސްމާޢީލް ގެ ނަން މިމުބާރާތުގެ އިންތިޒާމީ ކޮމިޓީގެ ފަރާތުން ވާހަކަދެއްކެވި މުޙައްމަދު ފަލާޙު ފާހަގަކުރިއެވެ. އަދި ފިއްލަދޫގެ ވިޔަފާރިވެރިންނާއި ޒުވާނުންގެ އެހީތެރިކަންވެސް ވަރަށް ބޮޑަށް ލިބޭކަން ފަލާހު ފާހަގަކުރިއެވެ.