ޚަބަރު

މާލޭ ސިޓީގައި ވެމްކޯގައި ރަޖިސްޓްރީނުކުރާ 3000 ގޭބިސީއެއް އެބަހުރި- މިނިސްޓަރ


މާލޭ ސިޓީގައި ވެމްކޯގައި ރަޖިސްްޓްރީނުވެ ތިންހާސް ގޭބިސީއެއް އެބަތިބި ކަމަށް އެންވަޔަަރަމަންޓް މިނިސްޓަރ ޑރ.ޙުސައިން ރަޝީދު ޙަސަން ވިދާޅުވެއްޖެއެވެ.

އެންވަޔަރަމަންޓް މިނިސްޓަރ ޑރ.ޙުސައިން ރަޝީދު ޙަސަން ވިދާޅުވީ، މާލެއާއި ހުޅުމާލެއާއި، ވިލިމާލެ ހިމެނޭ ގޮތަށް ވިހިހާހަށްވުރެ ގިނަ ގޭބިސީ ހުރިއިރު އޭގެ ތެރެއިން، ތިންހާހަސް ގޭބިސީއަކުން ކުންޏަށް ރަޖިސްޓްރީނުކޮށް މަގުމައްޗަށް ކުނި ޖަމާކުރަމުންދާ ކަމަށާއި މިއީ ވަރަށް ޒިންމާދާރުކަން ކުޑަ ކަމެއް ކަމަށެވެ.

''އަނެއް 17000 މީހުން ދައްކާ ލާރިން ވެމްކޯ މާލޭގައި ޚިދުމަތް ދޭ އިރުގައި އެޚިދުމަތަށް އެއްވެސް އަގެއް ނުދީ 3000 ގޭބިސީ އުޅުމަކީ ރަނގަޅު ކަމެއް ނޫން އަޚްލާޤީ ގޮތުންވެސް'' މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، އެމީހަކު އުފައްދާ ކުންޏަށް އެމީހަކު ޒިންމާވާންޖެހޭނެ ކަމަށާ، އެކަން އެގޮތަށް ނުކުރާ ފަރާތްތަކާ މެދު އަޅަންޖެހޭ ފިޔަޅު އަޅާނެ ކަމަށެވެ. މިނިސްޓަރ ވަނީ ކުނި މެނޭޖްކުރުމަށް ސަރުކާރާއި ވެމްކޯއިން ކުރަމުންދާ މަސައްކަތަށް އެންމެންގެ އެއްބާރުލުން ބޭނުންވާކަން ފާހަގަކުރައްވާފައެވެ.