ޚަބަރު

އެމްބީސީ ސަޤާފީ ޢީދު ނިންމާލައިފި


ގިނަ ބައެއްގެ ތަރުހީބު ލިގެންދިޔަ އެމްބީސީ ސަޤާފީ ޢީދު ނިންމާލައިފިއެވެ. މި  ސަގާފީ ޢީދު ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޑިފެންސް މިނިސްޓަރ ކާނަލް ރިޓަޔަޑް މުޙައްމަދު ނާޒިމްއެވެ.ރާއްޖޭގެ ކުރީ ޒަމާނުގެ މުއްސަނދި ރީތި އާދަކާދަތަކާއި ސަގާފީ އެތައް ހަރަކާތްތަކަކާއެކު މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން އެމްބީސީން އިންތިޒާމްކޮށްގެން ތިންދުވަހަށް ކުރިއަށް ދިޔަ ސަގާފީ ޢީދަކީ އެއްފަހަރާ އެއްތަނަކުން އެންމެ ގިނަ ސަޤާފީ ކުޅިވަރުތަކާއި ސަޤާފީކަންކަން ފެނިގެންދިޔަ ޙަރަކާތެކެވެ.މި ޙަރަކާތް ބަލާލުމަށް އީދު ފެށުނު ދުވަހުން ފެށިގެން މިއަދާއި ހަމައަށްވެސް ގިނައަދެއްގެ ބަޔަކު ސަލްޓަންޕާކަށް ގޮސްފައިވެއެވެ. އޭގެ ތެރޭގައި ރާއްޖޭގައި ޗުއްޓީ ހޭދަމުން ކުރަމުންދާ ފަތުރުވެރިންވެސް ހިމެނެއެވެ.އެމްބީސީން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ މިފަދަ ހަރަކާތްތަކުގެ އެންމެ ބޮޑު ބޭނުމަކީ، ރާއްޖޭގެ ސަގާފަތާއި އާދަކާދަ ދިރުވައި، މިހާރުގެ ޖީލަށް އެކަންތައް ވާސިލްކޮށްދިނުމެވެ. މި ޙަރަކާތް ނިންމުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްބީސީގެ ޗެއަރމަން އިބްރާހީމް އުމަރު މަނިކު ވިދާޅުވީ ، ކުރިއަށް އޮތް ތަނުގައި މިފަދަ ކަމެއް އިންތިޒާމްކުރައްވާއިރު ބެލުންތެރިންނާއި ބައިވެރިންނަށް މިއަށް ވުރެ އިންތިޒާމް ރަނގަޅު ކުރައްވާނެކަމަށެވެ.މި ޢީދުގެ ފޯރިގަދަވެގެން ދިޔައީ މިކަމަށްޓަކައި ރާއްޖޭގެ ފަސްއަތޮޅަކުން ތައްޔާރުވެގެން އައިސް އެމީހުންގެ ޙަރަކާތްތައް  ވާދަވެރިކަމާއި އެކު ދައްކައިދިނުމެވެ.މި ޙަރަކާތްތަކުން އެއްވަނަ ހޯދާ އެއްލައްކަ ރުފިޔާ ހޯދާފައިވަނި ވ ފުލިދޫ ބްލޫ ސްޓަރ އެވެ. ދެވަނަ ހޯދާފައިވަނީ މ ކޮޅުފުށީ ޒުވާނުންގެ ޖަމިއްޔާގެ ލަނގިރި ގްރޫޕް އެ ގްރޫޕަށް ތިރީސް ހާސް ރުފިޔާގެ ފައިސާގެ އިނާމް ލިބިފައިވެއެވެ. ތިންވަނަ ހޯދާ ވިހި ހާސް ރުފިޔާގެ ފައިސާގެ އިނާމްހޯދާފައިވަނީ ވ ފުލިދޫ ޒުވާނުންގެ އެކުވެރި ދިރުމެވެ.މި ކުޅިވަރުތަކަށް ޖަޖް ކުރެއްވި އެންމެ ސީނިއަރ ޖަޖް އޮގަރު އިބްރާހީމް ވަހީދު މި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ، ވަނަ ނުލިބުނު ޓީމްތަކަށް ވަނަތައް ނުލިބުނީ އެއްގޮތަކަށްވެސް އެ ޓީމްތަކުގެ ފެންވަރާއި ހުނަރު ދަށްވެގެން ނޫންކަމަށެވެ.ސަޤާފީ ޢީދު ބަލާލަން ދިޔަ ބައެއް ފަރާތްތަކުން ވަނީ މިކަހަލަ ކަމެއްގައި ރަނގަޅުކުރަންޖެހޭ ކަންކަންވެސް ފާހަގަކޮށްފައެވެ.އެއްވަނަ ހޯދު ޓީމުން ބުނީ ކުރިއަސް އޮތްތަނުގައި ބޭނުންވަނީ ޝަޤާފީ ކަންކަމުގައި ޒުވާނުންގެ ބައިވެރިވުން ފެންނަން ކަމަށެވެ.އެމްބީސީގެ ސަގާފީ އީދުގައި ރާއްޖޭގެ އިހުޒަމާނުގެ ދިރިއުޅުމުގައި ކުރަމުން ދިޔަ މަސައްކަތްތައް ދައްކައިދިނުމަށް އަރިއަތޮޅު ދެކުނުބުރީ ދަނގެތިން ތަފާތު ސޯޅަ ސްޓޯލެއް ސަލްޓަންޕާކުގެ އެކި ހިސާބުގައި ތައްޔާރުކޮށްފައި ހުއްޓެވެ.