ސިޔާސީ

އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރ މަޤާމުން ވަކިކޮށްފި


މޯލްޑިވްސް އެއަރޕޯޓްސް ކޮންޕެނީ ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރ ކަމުގެ މަޤާމުން ބަންދު އިބުރާހީމް ސަލީމް ވަކިކުރައްވައިފިއެވެ.ރައީސުލްޖުމުހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު އިބްރާހީމް މުއާޒް އަލީ ވިދާޅުވީ އެމަޤާމަށް އަދި އިތުރުބޭފުޅަކު އައްޔަން ކުރައްވާފައިނުވާކަމަށެވެ.އިބްރާހީމް ސަލީމް މަޤާމުން ވަކިކޮށްފައިވާ ސަބަބެއް ރައީސް އޮފީހުން ހާމަކުރައްވާފައެއް ނުވެއެވެ.