ސިޔާސީ

ރައީސް ނަޝީދު ހައްޔަރުކުރާނެކަމުގެ އިންޒާރު ދީފަވޭ- އެމްޑީޕީ


ކުރީގެ ރައީސް މުޙައްމަދު ނަޝީދު ރާއްޖެވަޑައިގަތުމާއެކު، ސަރުކާރުން އެމަނިކުފާނު ހައްޔަރުކުރައްވަން ނިންމާފައިވާކަމަށް ބުނެ ބައެއް އިންޒާރުތައް ލިބެމުންދާކަމަށް އެމްޑީޕީން ބުނެފިއެވެ. އެމްޑޕީން ނެރެފައިވާ މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ ނަޝީދު މިހާރު ރާއްޖެއިން ބޭރަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅު ނިންމަވާ ރާއްޖެވަޑައިގަތުމާއި އެކު ހައްޔަރުކުރާނެ ކަމުގެ އިންޒާރުތައް އެކި ފަރާތްތަކުން އެމަނިކުފާނަށް ލިބިވަޑައިގަންނަވަމުން ދާކަމަށެވެ.ނަމަވެސް ފުލުހުން މިކަން ދޮގުކުރޭ. ފުލުހުން ބުނީ އެފަދަ އެއްވެސް މައުލޫމާތެއް ފުލުހުންނަށް ލިބިފައިނުވާކަމަށެވެ.ރައީސް ނަޝީދު ރާއްޖެއިން ބޭރަށް ވަޑައިގަތީ ޒައިދު ފިއުޗަރ އެނަރޖީ ޕްރައިސް ދިނުމުގެ ޙަފްލާގައި ބައިވެރިވަޑައިގަތުމަށެވެ.