ސިޔާސީ

ހޯމް މިނިސްޓްރީ ހިންގެވުމަށް ވަގުތީ ގޮތުން ޓޫރިޒަމް މިނިސްޓަރ


ހޯމް މިނިސްޓްރީ ހިންގެވުން ވަގުތީ ގޮތުން ޓޫރިޒަމް މިނިސްޓަރ އަހުމަދު އަދީބުއާ ހަވާލު ކުރައްވައިފިއެވެ.ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ވިދާޅުވީ، ހޯމް މިނސްޓަރ މިހާރު ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުފުޅު ނިމެންދެން ހޯމް މިނިސްޓްރީ ހިންގެވުން ވަގުތީ ގޮތުން އަދީބްއާ ހަވާލު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ކަމަށެވެ.ހޯމް މިނސްޓަރ މި މަހުގެ 25 ގައި ރަސްމީ ދަތުރުފުޅެއްގައި ޗައިނާއަށް ވަޑައިގަންނަވާނެ ކަމަށާއި، މިހާރު މިނިސްޓަރ ހުންނެވީ އަމިއްލަ ދަތުރުފުޅެއްގައި ޔޫކޭގައި ކަމަށް ހޯމް މިނިސްޓްރީން މައުލޫމާތުދެއެވެ.މިނިސްޓަރ އެނބުރި މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިމަހުގެ 30 ވަނަ ދުވަހުއެވެ.