މިދިޔަ އަހަރުގެ ފަހު ކުއާރޓަރއަކީ އެމްޓީސީސީގެ މައިގަނޑު މަސައްކަތްކަމަށްވާ ކޮންސްޓްރަކްޝަން އެންޑް ޕްރޮޖެކްޓްގެ މަސައްކަތްތައް ފުޅާ ދާއިރާއެއްގައި ކުރިޔަށްގެންދެވުނު ކުއަރޓަރއެއް ކަމަށް، އެ ކުންފުނިން ހާމަކޮށްފިއެވެ.އެމްޓީސީސީން އާއްމުކޮށްފައިވާ މިދިޔަ އަހަރުގެ ފަހު ކުއަރޓަރގެ ރިޕޯޓްގައިވާ ގޮތުން އެ ކުރޓަރގައި ޖުމްލަ ސާޅީސް އަށް މަޝްރޫއެއްގެ މަސައްކަތް ކުރިއަށްގެންގޮސްފައިވާ އިރު އަމަލީ މަސައްކަތް ކުރިޔަށްގެންދެވިފައިވަނީ ޖުމްލަ ސާޅީސް އެއް މަޝްރޫއެއްގައެވެ.އަދި އެ ކުއަރޓަގައި އެމްޓީސީސީއަށް ފަސް ޕްރޮޖެންޓެއް ލިބިފައިވާއިރު ހަތަރު ޕްރޮޖެކްޓެއްގެ މަސައްކަތް ނިންމާލެވިފައިވާ ކަމަށްވެސް އެ ރިޕޯޓްގައިވެއެވެ.އެމްޓީސީސީގެ މިދިޔަ އަހަރުގެ ފަހު ކުއަރޓަރގެ މާލީ ހިސާބްތަކަށް ބާލާލާއިރު އެ ކުރަޓަރގައި ޖުމްލަ ފައިދާގެ ގޮތުގައި ތިރީސްހަ މިލިއަން ރުފިޔާ އެ ކުންފުންޔަށް ވަނީ ލިބިފައެވެ.އެމްޓީސީސީގެ އަހަރީ ދުވަހާ ގުޅިގެން އެކުންފުނިން ނެރެފައިވާ ބަޔާނެއްގައި ވާގޮތުން މިދިޔަ އަހަރު އެކުންފުނިން 80 މިލިއަން ރުފިޔާގެ ފައިދާއެއް ވަނީ ހޯދާފައި. އަދި އެއީ އެކުންފުނީގެ 34 އަހަރުވީ ތާރީޚުގައި ވެސް ހޯދިފައިނުވާ ވަރުގެ ކާމިޔާބީއެއް ކަމަށް އެ ބަޔާނުގައިވެއެވެ.