ސިއްހަތު

ކެންސަރު ދުވަހާއި ގުޅިގެން ވިލިމާލެ ހޮސްޕިޓަލުގައި ހަރަކާތްތަކެއް


މާދަމާ ފާހަގަކުރާ ދުނިޔޭގެ ކެންސަރު ދުވަހާއި ގުޅިގެން ވިލިމާލެ ހޮސްޕިޓަލުގައި ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ހިންގައިފިއެވެ. އައިޖީއެމްއެޗާއި ކެންސަރ ސޮސައިޓީ ގުޅިގެން ވިލިމާލޭ ހޮސްޕިޓަލުގައި މިއަދު މެންދުރުފަހު ވަނީ، ކެންސަރު ބައްޔާއި ބެހޭ މައުލޫމާތު ދިނުމާއި ބައެއް ކަހަލަ ކެންސަރ ދެނެގަތުމަށްޓަކައި ވަނީ ޓެސްޓްކޮށްފައެވެ. އަދި  ރަހިމުގެ ދޮރަށް ޖެހޭ ކެންސަރާއި އުރަމަތި އަމިއްލައަށް ބަލާ ޗެކްކުރާނެ ގޮތް ދަސްކޮށްދިނުންވެސް ހިމެނޭ ކަމަށް އައިޖީއެމްއެޗުން މައުލޫމާތުދެއެވެ.ވިލިމާލޭގައި މިއަދު ކުރިއަށް ދިޔަ ޕްރޮގްރާމްގައި ގިނަ އަދަދެއްގެ މީހުން ބައިވެރިވިކަމަށް ވިލިމާލޭ ހޮސްޕިޓަލުން މައުލޫމާތުދެއެވެ.މާދަމާ ހެނދުނު ނުވައަކުން އެކަކަށް ހުޅުމާލޭ ހޮސްޕިޓަލާއި އައިޖީއެމްއެޗްގެ ރިޕްރޮޑަކްޓިވް ހެލްތް ސެންޓަރގައި މި ޕްރޮގްރާމް ކުރިއަށް ދާނެއެވެ. މާދަމާ އަކީ ދުނިޔޭގެ ކެންސަރުބަލީގެ ދުވަހެވެ.