ޚަބަރު

ހަނިމާދޫގެ ނަރުދަމާ ނިޒާމުގެ %63އަށް ވުރެ ބޮޑުބައި ނިމިއްޖެ.


ހދ. ހަނިމާދޫގައި ގާއިމް ކުރަމުންދާ ނަރުދަމާ ނިޒާމުގެ ފަސްދޮޅަސް ތިނެއް އިންސައްތައަށްވުރެ ބޮޑުބައިގެ މަސައްކަތް ނިމިފައިވާ ކަމަށާއި ކުރިޔަށްއޮތް ތިނެއް ނުވަތަ ހަތަރުވަރަކަށް މަސްދުވަހުގެތެރޭގައި ހަނިމާދޫގެ ނަރުދަމާ ނިޒާމުގެ މަސައްކަތް ނިމިގެންދާނެ ކަމަށް، އެންވަޔަރަމަންޓް މިނިސްޓަރ ޠާރިގް އިބްރާހީމް ވިދާޅުވެއްޖެއެވެ.އުތުރުގެ ހަތަރު އަތޮޅެއްގެ ބައެއްރަށްތަކުގެ ނަރުދަމާ ނިޒާމް ގާއިމްކުރުމުގެ މަސައްކަތް ފެށުމުގެ ގޮތުން އެންވަޔަރަންމަންޓް މިނިސްޓަރ މިއަދު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ހދ. ހަނިމާދޫ ނަރުދަމާ ނިޒާމްގެ މަސައްކަތް ކުރިޔަށްދާގޮތް ބެއްލެވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން މިނިސްޓަރ ޠާރިގް ވިދާޅުވީ، ހަނިމާދޫގެ ނަރުދަމާގެ ނިޒާމް ގާއިމްކުރުމުގެ މަސައްކަތުގެ ދަށުން ގިނަ  ސަރަހައްދުތަކުގައި ގޭގެޔަށް ނަރުދަމާގެ މައިހޮޅި ވަޅުލާ ނިމިފައިވާ ކަމަށެވެ.މިނިސްޓަރ ވިދާޅުވީ، މަސައްކަތަށް ބޭނުންވާ އިތުރު ބައެއް ސާމާނު ގެންނަމުންދާ ކަމަށާއި، މިމަސްނިމުމުގެ ކުރިން އެތަކެތި ގެނެވޭނެ ކަމަށެވެ.މިދިޔައަހަރުގެ ޑިސެމްބަރު މަހު ފެށި މިމަސައްކަތަކީ ސީ.އެސްއާރުގެ ދަށުން ކުރާމަސައްކަތެއް ކަމަށް އެންވަޔަރަންމަންޓް މނިސްޓްރީން މައުލޫމާތުދެއްވައެވެ.އެންވަޔަރަންމަންޓް މިނިސްޓަރ މިއަދު ހަނިމާދޫއަށް ކުރެއްވި ދަތުރުފުޅުގައިވަނީ އެރަށުގެ ކުނިކޮށީގެ މަސައްކަތާއި، ހަނިމާދޫގައި ހުންނަ މޯލްޑިވްސް ކްލައިމެޓް އޮބްޒަވޭޓްރީއަށް ޒިޔާރަތްކުރައްވާ އެތަންތަން ބައްލަވާފައެވެ.އެންވަޔަރަމަންޓް މިނިސްޓަރ ވަނީ މިއަދު ހަވީރު ތުރާކުނުގެ ނަރުދަމާ ނިޒާމް ރަސްމީގޮތުން އިފްތިތާޙް ކޮށްދެއްވާފައެވެ.