ޚަބަރު

ވައިސް ޗީފް އޮފް ޑިފެންސް ފޯސް ރިޓަޔަރ ކުރައްވައިފި


ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމުގައި ހުންނެވި ބްރިގޭޑިއަރ ޖެނެރަލް އަހުމަދު މުހައްމަދު ޝަރަފްވެރިކަމާއި އެކު ސިފައިންގެ ހިދުމަތުން ރިޓަޔަރކުރެއްވުމުން އެމަޤާމަށް ބްރިގޭޑިއަރ ޖެނެރަލް އަޙުމަދު ޝާހިދު ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވައިފިއެވެ.ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނާއި، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްއިން ވަނީ މިކަން ޔަގީންކޮށްދެއްވާފައެވެ.ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމަށް ބްރިގޭޑިއަރ ޖެނެރަލް އަހުމަދު މުހައްމަދު އައްޔަންކުރެއްވީ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައެވެ.