ކުޅިވަރު

އެމްބީއޭ 3 އޮން 3 މުބާރާތް - ފައިނަލް މެޗުތައް މިރޭ


މިހާރު ކުރިއަށްދާ އެމްބީއޭ 3 އޮން 3 ބާސްކެޓް ބޯޅަ މުބާރާތުގައި ރޭ 18 މެޗަށްފަހު އަންހެން ގްރޫޕް އޭގެ އެއްވަނަ ނުރައްކާ ހޯދައިފިއެވެ.

މޯލްޑިވްސް ބާސްކެޓް ބޯލް އެސޯސިއޭޝަންއިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ މިމުބާރާތުގެ އަންހެންބައިވަނީ ދެ ގުރޫޕްއަކަށް ބަހާލާފައެވެ.

ރޭގެ މެޗްތަކަށް ފަހު ގުރޫޕް އޭގެ އެއްވަނަ ހޯދާފައިވަނީ 46 ޕޮއިންޓްއާއެކު ނުރައްކާއެވެ. ސައިކްލޯންއަށް 25 ޕޮއިންޓް ލިބިފައިވާއިރު ތާވަލްގެ ތިންވަނާގައިވާ ސްޕުރޮކެޓަށް ލިބިފައިވަނީ 20 ޕޮއިންޓެވެ.
23 ޕޮއިންޓްއާއެކު ގުރޫޕް ބީގެ އެއްވަނަ މިވަގުތު ލިބެނީ ބާސްކްޓްރީޓްސްއަށެވެ. ދަ ބެންޗަށް 12 ޕޮއިންޓް ލިބިފައިވާއިރު ގުރޫޕް ބީގެ ތާވަލްގެ ތިންވަނާގައިވާ މެރޫންސްއަށް 10 ޕޮއިންޓް ހަތަރުވަނާގައިވާ އޯލްސްޓާރ ޖޫނިއަރސްއަށްވެސް 10 ޕޮއިންޓް ލިބިފައިވެއެވެ.

ރޭގެ މެޗްތަކަށްފަހު ފިރިހެންބައިގެ ގުރޫޕް އޭގެ އެއްވަނަ ލިބެނީ ރޯޔަލް ބީސީއަށެވެ. އެއީ 65 ޕޮއިންޓް ހޯދައިގެންނެވެ. އަދި ތާވަލްގެ ދެވަނާގައިވާ ރެޑް ވިންގްސް ބާސްކެޓް ބޯލް ކުލަބްއަށް ލިބިފައިވަނީ 46 ޕޮއިންޓެވެ.
ތިންވަނާގައިވާ ދަ ބައުސްއަށް ލިބިފައިވަނީ 41 ޕޮއިންޓެވެ.
ފިރިހެންބައިގެ ގުރޫޕް ބީގެ އެއްވަނަ ލިބެނީ ކިންގްސް ޕާޕަލްއަށެވެ. އެއީ 44 ޕޮއިންޓް ހޯދައިގެންނެެވެ.
ދެވަނާގައިވާ ކިންސް ޓީލްއަށް 40 ޕޮއިންޓް ލިބިފައިވާއިރު ތިންވަނާގައިވާ ދިވެހި ސިފައިންގެ ކުލަބްއަށް 33 ޕޮއިންޓް ލިބިފައިވެއެވެ.

މިމުބާރާތުގެ މެޗްތައް މިއަދު ހަވީރުއާއި މިރޭވެސް ކުރިއަށްދާނެއެވެ. އަންހެން އަދި ފިރިހެންބައިގެ ފައިނަލް މެޗް ކުޅުމަށްވެސް ހަމަޖެހިފައިވަނީ މިރޭއެވެ.