އޮޒިލް އަކީ އާސެނަލްއަށް މުހިންމު ކުޅުންތެރިއެއް ކަމަށާއި ކުރިއަށް ހުރި މެޗުތަކުގައި އޮޒިލްގެ ބޭނުން ހިފަންޖެހޭނެކަމަށް އާސެނަލްގެ ކޯޗު އުނައި އެމްރީ ބުނެފިއެވެ.
އާސެނަލްގެ ކޯޗު މިހެން ބުނެފައި މިވަނީ އާސެނަލްއިން އޮޒިލް ވިއްކާލަން މަސައްކަތް ކުރަމުންދާކަމަށް އިނގިރޭސި މީޑިއާތަކުން ބުނަމުންދާ ދަނޑިވަޅެއްގައެވެ.
އާސެނަލް އެންމެ ފަހުން ކުޅުނު ފަސް މެޗުގައިވެސް އެމެރީ އޮޒިލްގެ ބޭނުން ހިފާފައެއް ނުވެއެވެ. އެންމެ ފަހުން ޗެލްސީ ދޭއް ސުމަކުން ބަލިކުރި މެޗުގައިވެސް އޮޒިލް އިނީ ބެންޗުގައެވެ. އެމެރީ ބުނީ އޮޒިލް ޗެލްސީ މެޗަށް ފިޓްވިކަމަށް، އެހެންނަމަވެސް ރިސްކެއް ނަގަން ބޭނުން ނުވީކަމަށެވެ.
އެހެންނަމަވެސް އޮޒިލް އަކީ މޮޅު ކުޅުންތެރިއެއް ކަމަށާއި އޭނާ އާއި މެދު ފުރިހަމައަށް އިތުބާރު އެބައޮތް ކަމަށްވެސް އެމެރީ ފާހަގަކުރިއެވެ.
އޮޒިލް އަކީ މިހާރު އާސެނަލްގައި ހުރި އެންމެ މުސާރަ ބޮޑު ކުޅުންތެރިއާއެވެ. ހަފްތާއެކު ތިން ލައްކަ ޕައުންޑަށްވުރެ ބޮޑު މުސާރައެއް އާސެނަލްއިން އޮޒިލްއަށް ދޭއިރު އޭނާގެ ފަރާތުން އެމުސާރަ އާއި ހައްގުވާފަދަ ކުޅުމެއް ނުފެންނަ ކަމަށް ތަޖްރިބާކާރުންނާއި އާސެނަލްގެ ކުރީގެ ކުޅުންތެރިންވެސް ވަނީ ތަކުރާރުކޮށް ބުނެފައެވެ.
ހާއްސަކޮށް މެޗުތަކުގައި އޮޒިލްގެ މަސައްކަތު ރޭޓް ދައްކަމަށް ގިނަ ފަރާތްތަކަކުން ދަނީ ބުނަމުންނެވެ.