ކުޅިވަރު

ގައުމީ ކެޕްޓަން އަކްރަމްވެސް ޓީސީއަށް


ގައުމީ ކެޕްޓަން އަކްރަމް އަބްދުލްގަނީ ޓީސީ އަށް ކުޅެން ސޮއިކޮށްފިއެވެ.

އޭނާ އަކީ ކުރިއަށް އޮތް ސީޒަނުގައި ޓީސީ އަށް ކުޅެން ސޮއިކުރި ތިންވަނަ ކުޅުންތެރިޔާއެވެ.
މިދިޔަ ދެ އަހަރު ނިއު އަށް ކުޅުނު އަކުރަމް ޓީސީ އަށް ބަދަލުވީ ނިއުއިން މުސާރަނުދީގެން އެ ޓީމުގެ ވަރަށް ގިނަ ކުޅުންތެރިން އެފްއޭއެމުގައި މައްސަލަ ޖެއްސުމުން ނިއު ފުޓްބޯޅައިން ސަސްޕެންޑްކޮށްފައިވަނިކޮށެވެ.

މިދިޔަ އަހަރުގެ ދިވެހި ލީގުގެ ޗެމްޕިއަން ޓީސީން ވަނީ މާޒިޔާގެ އިސްމާއިލް އީސަވެސް އެކުލަބަށް ގެނެސްފައެވެ.
މީގެ އިތުރުން ކުލަބު ވެލެންސިޔާއާއި ޔޫވީން ވިދާލި އަބްދުލްވާހިދުވެސް ކުރިއަށް ސީޒަންގައި ފެންނާނީ ޓީސީންނެވެ. އަދި އެޓީމްގައި މިދިޔަ ދެ ސީޒަންގައިވެސް މޮޅު ކުޅުމެއް ދެއްކި މުޙައްމަދު އައްޒާމްގެ ކޮންޓްރެކްޓްވަނީ އައުކޮށްފައެވެ.
ނަމަވެސް ޓީމުގެ މުހިންމު ކުޅުންތެރިން ކަމަށްވާ ފޯވަޑް އިބްރާހީމް މަހުދީ އާއި މިޑްފީލްޑަރު އިބްރާހީމް ވަހީދު ހަސަންގެ ސޮއި ހޯދަން މާޒިޔާއިން ދަނީ ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ.