ސައްހަ މައުލޫމާތު ހޯދާ ތެދު މައުލޫމާތު ފެތުރުމަކީ އެންމެންގެވެސް ހައްގެއްކަމަށާއި އެއީ އެންމެންގެވެސް ޒިންމާއެއް ކަމަށް އިންފޮމޭޝަން ކޮމިޝަނަރު އަބްދުލް އަޒީޒު ޖަމާލު އަބޫބަކުރު ވިދާޅުވެއްޖެއެވެ.އިންފޮމޭޝަން ކޮމިޝަނަރ ކުރެއްވި ޓުވީޓެއްގައި ބުނެފައިވަނީ ރާއްޖޭގެ ސިޔާސީ މަސްރަޙް ހޫނުވެފައިވާ މިފަދަ ދަނޑިވަޅެއްގައި ސައްހަ ތެދު މައުލޫމާތު ފޯރުކޮށްދިނުމަކީ ކޮންމެ މީޑިއާއެއްގެވެސް ޒިންމާއަކަށް ވާންޖެހޭނެ ކަމަށެވެ. އަދި މައުލޫމާތު ހޯދާ ލިބިގަތުމަކީ އެންމެންގެވެސް ހައްގެއްކަމަށް ވަނީ ވިދާޅުވެފައެވެ.އާންމުންނަށް ޚަބަރާއި މައުލޫމާތު ފޯރުކޮށްދިނުމުގައި މަސްލަހަތު ނުގެއްލޭނެގޮތަށް ސާފު ތެދު މައުލޫމާތު ފޯރުކޮށްދިނުމަށް މީގެކުރިންވެސް އިންފޮމޭޝަން ކޮމިޝަނުން ވަނީ މީޑިއާތަކަށް އިލްތިމާސްކޮށްފައެވެ.މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގެ ދަށުން ފޯރުކޮށްދޭ މައުލޫމާތަކީ ތެދު މައުލޫމާތަށް ވާން ޖެހޭނެ ކަމަށް އެ ގާނޫނުގައި ބަޔާންކޮށްފައިވެއެވެ.