ކްރިކެޓް ބޯޑްއިން އަލަށް އަންހެން ކްރިކެޓަރ އޮފް ދަ އިޔަރ ހޮވުމަށް ނިންމައިފިއެވެ.
އަންހެން ކްރިކެޓަރ އޮފް ދަ އިޔަރގެ އިތުރުން ސްކޫލް ކްރިކެޓަރ އޮފް ދަ އިޔަރ އަންހެން އަދި ފިރިހެންވެސް ހޮވުމަށްވަނީ ހަމަޖެހިފައެވެ. މިމަގާމްތަކަށް އިނާމް ދިނުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ ބޭއްވުމަށް ހަމަޖެހިފައިވާ ކްރިކެޓް ނައިޓްގައެވެ.
މިޙަފުލާގައި ވޭތުވެދިޔަ އަހަރުތަކުގައި ކްރިކެޓަށް އެކިއެކި ގޮތްގޮތުން ޚިދުމަތްކުރައްވާފައިވާ ފަރާތްތަކާއި އެފަރާތްތަކުގެ ޚިދުމަތުގެ އަގު ވަޒަންކުރެވުނު ދާއިރާތަކާއި ވޭތުވެދިޔަ އަހަރު ކްރިކެޓް މުބާރާތްތަކުގެ އިތުރުން އެކި ގޮތްތޮގުން ކްރިކެޓް މުބާރާތްތަށް ސްޕޮންސަރ ކޮށްފައިވާ ފަރާތްތަކާއި އެކި އުމުރުފުރާގެ އެންމެ މޮޅު ކުޅުންތެރިން ހޮވުމުގެ އިތުރުން ވޭތުވެދިޔަ އަހަރުގެ ޤައުމީ ފެންވަރުގައި އިނާމްލިބޭ ފަރާތްތަކަށް އިނާމް ދިނުންވެސް ކްރިކެޓް ނައިޓްގައި އޮންނާނެއެވެ.
ޔޫތް ޑެވެލޮޕްމަންޓް ޕްރޮގްރާމުން އެކި އުމުރުފުރާތަކަށް ހޮވިފައިވާ ފަރާތްތަކާއި އަންހެން ފިރިހެން އަދި އަތޮޅުތެރެއިން ހޮވާލެވިފައިވާ އަންހެން ފިރިހެން ދަރިވަރުންއަށް އިނާމް ދިނުމަށްވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ކްލަބް ކްރިކެޓްގައި އެންމެ ފާހަގަކޮށްލެވުނު ކުޅުންތެރިންނާއި ހޮވުންތެރިޔާ ފާހަގަ ކުރުން ހިމެނެއެވެ.
އަންހެން ކްރިކެޓަރ އޮފް ދަ އިޔަރ އަށް ވާދަކުރާ 5 ފަރާތަކީ
1. ސުމިއްޔާ ހަމީދު / މާލޭ ސްޕޯރޓްސް ކްލަބް (ކުނަހަންދޫ)
2. ފާތިމަތު ސަޖާ / މާލޭ ސްޕޯރޓްސް ކްލަބް (ކުނަހަންދޫ)
3. އައިސަތު އައިމާ / ސީބީއެލް (ފުވައްމުލައް)
4. އައިސަތު ހަމްޒާ / ވިޔަންސާ (ވިލިގިލި)
5. ހަލީމަތު ލައިޝާ / މާލޭ ސްޕޯރޓްސް ކްލަބް (ކުނަހަންދޫ)
ފިރިހެން ކްރިކެޓަރ އޮފް ދަ އިޔަރ އަށް ވާދަކުރާ 5 ފަރާތަކީ
1. މުޙައްމަދު މަޙްފޫޒު
2. ޔޫސުފް އަޒިޔާން ފަރުހަތު
3. އާދަމް ނާސިފް އުމަރު
4. މުހަންމަދު ރިސްވާން
5. އިބްރާހިމް ރިޒާން