މިދިޔަ ދެ ސީޒަންގައިވެސް ޓީސީގައި މޮޅު ކުޅުމެއް ދެއްކި މިޑްފިލްޑަރ އިބްރާހީމް ވަހީދު ހަސަން މާޒިޔާއަށް ސޮއިކޮށްފިއެވެ.
މިދިޔަ ސީޒަންގައި ޓީސީ ސްޕޯޓްސް ކުލަބްގައި މޮޅު ކުޅުމެއްދެއްކި އިބްރާހީމް ވަހީދު، މާޒިޔާއަށް ބަދަލްވެފައިވަނީ ތިން އަހަރު ދުވަހު އެއްބަސްވުމެއްގެ ދަށުންނެވެ.
ފާއިތުވެގެންދިޔަ އަހަރު ތަކުގައި ޓީސީއިން ހޯދި ކާމިޔާބީތަކުގައި އިބްރާހީމް ވަހީދުގެ ދައުރު ވަރަށް ބޮޑެވެ. އިއްބެވަނީ މިދިޔަ އަހަރު ގައުމީ ޓީމާއެކު ސާފް ސުޒުކީ ކަޕް ކާމިޔާބުކޮށްފައެވެ. އިއްބެ ވަނީ މާޒިޔާއަށް ބަދަލްވުމަށްފަހު، ފާއިތުވެގެންދިޔަ އަހަރު ތަކުގައި ޓީސީ ސްޕޯޓްސް ކުލަބުން އޭނާއަށް ކޮށްދީފައިވާ ކަންތަށްތަކަށް ޝުކުރު އަދާކޮށްފައެވެ. އަދި ފުޓްބޯޅައިގައި ކުރިއަށް ދިއުމަށް ޓީސީ ސްޕޯޓްސް ކުލަބުން ވެދިން އެހީތެރިކަމަށްވެސް ޝުކުރު އަދާކޮށްފައެވެ.
2013ވަނަ އަހަރު ނިއުއިން ކެރިއަރު ފެށި އިބްރާހީމް ވަހީދު (އިއްބެ) ޓީސީއަށް ބަދަލުވީ 2015ވަނަ އަހަރުއެވެ. 2017ވަނަ ބަންގްލަދޭޝްގައި އޮތް ޝެއިހް ކަމާލް ކަޕް ޓީސީއިން ކާމިޔާބުކުރިއިރު، އެ މުބާރާތުގައިވެސް އިއްބެވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.