ޚަބަރު

ސިންގަރޕޫރަށް ކުރެއްވި ދަތުރފުޅު ނިންމަވާލެއްވުމަށްފަހު ރައިސްގެ ދެކަނބަލުން މާލެ ވަޑައިގެންފި


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު، ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރޭ މާލެ ވަޑައިގެންފިއެވެ.

ރައީސްގެ ދެކަނަބަލުން ސިންގަޕޫރަށް ކުރެއްވީ ތިން ދުވަހުގެ ނުރަސްމީ މިދަތުރުފުޅަކީ އެމަނިކުފާނު ރައީސް ކަމާއި ހަވާލުވެ ވަޑައިގެންނެވިފަހުން ސިންގަޕޫރަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.

ނަމަވެސް މީގެ ކުރިން އެމަނިކުފާނު ވަނީ ރަސްމީ ދަތުރުފުޅެއްގައި އަވަށްޓެރި އިންޑިއާ އަށާއި ސްރީލަންކާގެ އިތުރުން ޔުނައިޓެޑް އަރަބް އެމިރޭޓްސްއަށްވެސް ވަޑައިގަންނަވާފައެވެ.