ކުރީގެ ރައިސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމްގެ އޮފީހެއް އެފްއޭއެމްގެ ތެރޭގައި ހިންގިކަން ފީފާއަށް ސާބިތުކޮށްދޭނެކަމަށް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
ކުރީގެ ރައީން އަބްދުﷲ ޔާމީންގެ އަނބިކަނބަލުންގެ ކެންޕޭން އޮފީހެއް އެފްއޭއެމްގެ ތީރީގައިވަނީ ހިންގާފައެވެ.
އެފްއޭއެމުން މިކަމާއި ގުޅިގެން ބުނެފައިވަނީ ކެންޕޭން އޮފީހެއް ހިންގަން އެފްއޭއެމުން ތަނެއް ދޫކޮށްފައި ނުވާނެކަމަށާއި އެފްއޭއެމުން އެތަންދިނީ އަމިއްލަ ކުންފުންޏަކަށްކަމަށެވެ. އަދި އެކުންފުނިން އެހެން ފަރާތަކަށް އެތަން ދިނުމަކީ އެފްއޭއެމާއި ބެހޭކަމެއް ނޫންކަމަށެވެ.
މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ އެއްވެސް ގައުމެއްގެ ފުޓްބޯޅަ އިދާރާގައި ސިޔާސީ އޮފީހެއް ނުހުންނާނެކަމަށާއި އެކަން އެގޮތަށް ކުރެވޭނެ އެއްވެސް ގޮތެއް ފިފާގެ ޤަވާއިދުތަކުގައިވެސް ނުފެންނަ ކަމަށެވެ. އަދި ފީފާގެ ސްޓެޓިއުޓްސް އޭކިޔައިގެންވެސް އެފްއޭއެމުން މިހާތަނަށް ކަންތައްތައް އޮޅުވާލާފައިވާކަމަށާއި ދެން މީގެ ފަހުން އެފުރުސަތެއް އެފްއޭއެމަށް ނުދޭނެކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.
"އާންދަނީ ހޯދަން އެފްއޭއެމްގެ އެއްކަން ދޭންވީރު އެމްޑީޕީއަށް، އަނެއްކަން ޖުމްހުރީ ޕާޓީއަށް، އަދި އިމާރާތުގެ އެހެންތަނެއް އަދާލަތު ޕާޓީއަށް. މިއީ މިކަން ކުރެވޭނެ ގޮތެއްނޫން. އާންދަމީ ހޯދަންށޭ ކިޔާފަ އެފްއޭއެމްގެ ތެރޭގައި ސިޔާސީ އޮފީހެއް ނުހެދޭނެ. މިއީ ކުޅެވޭނެކަމެއް ނޫން. ފީފާގެ ސްޓެޓިއުޓްސް އަކީ ހަމައެކަނި އެފްއޭއެމްގެ ތެރޭގައި ތިބޭބަޔަކަށް އެގޭއެއްޖެއް ނޫން. އަޅުގަނޑުވެސް ފީފާގެ ސްޓެޓިއުޓްސް ކިޔާފިން، އަޅުގަނޑަށް ނުފެވޭ އެއްވެސް ގޮތަކުން ސިޔާސީ އޮފީހެއް އެތާގައި ހިންގަން ފުރުސަތު ދެވޭނެ ދަނެއް. ތާޑް ޕާޓީ ފޯތު ޕާޓީއޭކިޔާފަވެސް އެކަން ކުރެވޭނެ ގޮތެއް އަޅުގަނޑަކަށް ނޭންގުނު. މިކަންތަށްތަށް އެބަޖެހޭ ފީފާއަށްވެސް އެގެން. މިކަން މިގޮތަށް ކުރެވޭނަމަ އެފްއޭއެމްގެ ތެރޭގައި އެހެން ކަންތަށްތަށްވެސް ކުރެވިދާނެ. މިނިސްޓަރ އަލީ ވަހީދު ބުންޏެވެ.
މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ އެފްއޭއެމްގެ ތެރޭގައި ހިގާކަންތައްތައް ފީފާއާއި އޭއެފްސީގެ އަށް އެގެންޖެހޭނެކަމަށާއި ސިޔާސީ ފަރާތެއްގެ އޮފީހެއް އެތަނުގައި ހިންގުމަކީވެސް އެފްއޭއެމްގެ ފެއިލްވުންކަމަށެވެ.