ޚަބަރު

މާލޭގެ އިތުރު ސަރަހައްދެއް ހިނގާފައި އުޅޭ ސަރަހައްދެއްގެ ގޮތުގައި


މާލޭގެ އިތުރު ސަރަހައްދެއް ހިނގާފައި އުޅޭ ސަރަހައްދެއްގެ ގޮތުގައި ވަރަށް އަވަހަށް ކަނޑައެޅިގެންދާނެ ކަމަށް ހައުސިންގ މިނިސްޓަރ ވިދާޅުވެއްޖެއެވެ.މީޑިޔާއަށް މައުލޫމާތު ދެއްވަމުން ހައުސިންގ މިނިސްޓަރ ޑރ މުހައްމަދު މުޢިއްޒު ވިދާޅުވީ ހިނގާފަ އުޅޭ ސަރަހައްދެއްގެ ގޮތުގައި މާލޭގެ އިތުރު ދެގޯޅިއެއް ހަމަޖައްސާދިނުމަށް އެ ގޯޅިތަކުގައި ދިރިއުޅޭ ފަރާތްތަކުން އެދިފައިވާތީ އެކަމުގެ އަމަލީ މަސައްކަތް ކުރަމުންދާ ކަމަށެވެ.ހިނގާފަ އުޅޭ ސަރަހައްދެއްގެ ގޮތުގައި ހައުސިންގ މިނިސްޓްރީން މިސަރަހައްދު ކަނޑައަޅަނީ މި ދެ ގޯޅީގައި ހުރި ގެތަކުގެ ހުރިހާ ރައްޔިތުން ކަހަލަ ގޮތަކަށް އެކަމަށް އެދިގެން ކަމަށް މިނިސްޓަރ މުޢިއްޒު ފާހަގަކުރެއްވިއެވެ. އެގޮތުން އެސަރަހައްދުގައި ހަދާ ޕާކިން ޒޯންވެސް ހަދަނީ އެސަރަހައްދުގެ މީހުން ބޭނުންވާ ތަނުގައި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.ހިނގާފަ އުޅޭ ސަރަހައްދެއްގެ ގޮތުގައި ހީނާގޯޅި އާއި ރަތްވިލާ ހިނގުންވެސް ހައުސިންގ މިނިސްޓްރީން ކުރިންވަނީ ކަނޑައަޅާފައެވެ.