މެންޗެސްޓާ ޔުނައިޓެޑްގެ ކުޅުންތެރިން ފެންވަރު ސާބިތުކޮށްދޭން ޖެހޭ ކަމަށް ކޯޗު އޮލޭގަނާ ސޯލްޝަޔާ ބުނެފިއެވެ.
ޔުނައިޓެޑްގެ ކުރީގެ ކާމިޔާބު ފޯވަޑް މިހެން ބުނީ އެންމެ ފަހުން ކުޅުނު ހަތް މެޗުގެ ތެރެއިން ފަސް މެޗުން އޭނާގެ ޓީމު ބަލިވެފައިވާތީއެވެ. މީގެ ތެރޭގައި ބާސެލޯނާ އަތުން ބަލިވެ ޗެމްޕިއަންސް ލީގުން ކެޓުން ވެސް ހިމެނެއެވެ. އަދި ޓީމު އޮތީ ގަދަ ހަތަރެއް ގެއްލޭ ހިސާބުގައެވެ.
ސޯލްޝަޔާ ބުނީ 90ގެ ތެރޭގައި ޔުނައިޓެޑަށް އޯވަރވެއިޓްގައި އައިސް އަލުން ހަށިގަނޑު ހަމައަކަށް އަޅުންވަން ފުރުސަތު ލިބުނަސް މިހާރު ޒަމާން ބަދަލުވެއްޖެ ކަމަށެވެ. ސޯލްޝެއާ ބުނީ މީހާރުގެ ޓީމުގައި ތިބެން ބޭނުންނަމަ ފެންވަރު ސާބިތުކޮށްދޭންޖެހޭނެކަމަށާއި، އެނޫން މީހަކަށް ފުރުސަތު ނޯންނާނެކަމަށެވެ.
ރިޕޯޓްތައް ބުނާގޮތުން އޭނާ ހިތްހަމަނުޖެހޭ ކުޅުންތެރިންގެ ތެރޭގައި ބެލްޖިއަމްގެ ފޯވަޑް ރޮމެލޫ ލުކާކޫ އާއި ސްޕޭންގެ ހުއާން މާޓާ އާއި އެންޑާ ހެރޭރާ ހިމެނެއެވެ. މި ކުޅުންތެރިން ވިއްކާލާނެ ވަނީ ބެލެވިފައެވެ.
އަދި ދާދި ފަހުން ކޮންޓްރެކްޓް އާކުރި އެންތަނީ މާޝިއަލް ވެސް ކުޅުން ރަނގަޅު ކުރަންޖެހޭ ކަމަށް ސޯލްޝަޔާ ބުންޏެވެ. މާޝިއަލް އާއި ގުޅޭ ގޮތުން ވާހަކަ ދައްކަމުން ކޯޗު ބުނީ ޓީމާއެކު ހަދާފައިވާ ކޮންޓްރެކްޓް އޭނާ އާކުރީ ވަރަށް ފަހުން ކަމަށާއި، އޭނާއާމެދު ވަރަށް ބޮޑު އުއްމީދެއް ކުރާކަމަށެވެ.