ދުނިޔެ

އިންޑިޔާއިން ފަރަންސޭސި ކުންފުނި ތަކާއެކު ގިނަ އެއްބަސްވުންތަކެއް


އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ފަރަންސޭސިވިލާތަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިންޑިޔާއާއި ފަރަންސޭސިވިލާތުގެ ކުންފުނިތަކާ ދެމެދު ހަކަތައާއި ޓްރާންސްޕޯޓާއި ފަޒާއާބެހޭ އެތައް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.ފަރަންސޭސި ރަފާލް ކުންފުނިން ބުނީ އެކުންފުނިން އުފައްދާ ރަފާލް މަރުކާގެ ފައިޓަރޖެޓްގެ 35 އަސްކަރީ ބޯޓު އިންޑިޔާއަށް ވިއްކުމާބެހޭގޮތުން އިންޑިޔާގެ މަސްއޫލުވެރިންނާ އެކު ކުރި މަޝްވަރާތައްވެސް ކާމިޔާބު ކަމަށާ މިކަމާބެހޭ އެއްބަސްވުމަކަށް އައުމުގެ މަގުމަތީގައިވާ ކަމަށެވެ.އަނެއްކޮޅުން ފަރަންސޭސިވިލާތުގައި މަރުކަޒު ހުންނަ ޔޫރަޕްގެ އެއަރބަސް ކުންފުނިން ބުނީ އެކުންފުނިން އުފައްދާ އެއަރބަސް މަރުކާގެ މަތިންދާބޯޓާއި ސެޓަލައިޓްގެ ބައިތައް އުފައްދާ ކާރުޚާނާތައް އިންޑިޔާގައި ބިނާކޮށްދީ އެތަކެތި އިންޑިޔާގައި އެސެމްބްލް ކުރުމުގެ މަސައްކަތް ފަށަށް ތައްޔާރަށް އޮތްކަމަށެވެ.މޯދީ ފަރަންސޭސިވިލާތަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އޭނާ ވަނީ ފަރަންސޭސިވިލާތުގެ ތޮލޯޒް ގައި ހުންނަ އެއަރބަސް ކުންފުނީގެ މައި އޮފީހަށް ޒިޔާރަތް ކުރައްވާފައެވެ.